ދިވެހިރާއްޖެއިން 103 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.
އެޗްޕީއޭއިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދުގެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް މިބައްޔަށް 103 މީހަކު ވަނީ އަލަށް ޕޮޒިޓިވްވެފައެވެ. މީގެ ތެރޭގައި ހިމެނެނީ، މާލޭ ސަރަޙައްދުން ޕޮޒިޓިވްވި 20 މީހަކާއި، ރަށްރަށުން ޕޮޒިޓިވްވި 68 މީހަކާއި އޮޕަރޭޝަނުގައި އޮތް ރިސޯޓުތަކުން ޕޮޒިޓިވްވެފައިވާ 15 މީހެކެވެ.
މިއަދާ ހަމައަށް މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު 80،539 އަށް އަރާފައިވާއިރު، މި ބައްޔަށް 11 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.
މިބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 78،694 އަރާފައެވެ.
ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވީ 103 މީހުން!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ