ދައުލަތުގެ ލިޔުންތައް ފޮނުވަން ބޭނުން ކުރާ ނިޒާމް ޖެމްސް ސިސްޓަމް ސުޕްރީމް ކޯޓުން ހުއްޓުވާލަން އެންގި ކަން ސާބިތުވެގެން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ހަތަރު މަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ޙުކުމް ކުރި މައްސަލައިގެ އިސްތިއުނާފު ޝަރީޢަތް ނިންމާ ހައިކޯޓުން މާދަމާ ޙުކުމް އިއްވަން ތައްޔާރުވެއްޖެއެވެ.
އަބްދުﷲ ސައީދުގެ މައްޗަށް ހައިކޯޓުން ޙުކުމް އިއްވުން ތާވަލް ކޮށްފައި ވަނީ މާދަމާ ހެނދުނު 10:15 އަށެވެ.
ސުޕްރީމް ކޯޓުން ޖެމްސް މެދުކަނޑާލަން އަބްދުﷲ ސައީދު ސުޕްރީމް ކޯޓުގެ މުވައްޒަފުންނަށް އެނގީ ފެބްރުއަރީ 01 ވަނަ ދުވަހު އަމުރު ނެރުމަށް ފަހުއެވެ.
ޖެމްސް މެދުކަނޑާލަން އަބްދުﷲ ސައީދު އެންގެވުމުން ދައުލަތުން ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާ އުފުލާފައެވެ. ކްރިމިނަލް ކޯޓުން ވަނީ އެދައުވާ ސާބިތުވާކަމަށް ނިންމާ އަބްދުﷲ ސައީދު ހަތަރު މަހާއި 24 ދުވަހުގެ ޖަލަށް ލުމަށް ހުކުމެއް އިއްވައިފަ އެވެ.
އުއްތަމަ ފަނޑިޔާރުގެ ފަރާތްޕުޅުން އެ މައްސަލަ އިސްތިއުނާފް ކުރުމުން، އެ މައްސަލައިގެ އަޑުއެހުންތައް މިދިޔަ ހަފުތާގައި ހައި ކޯޓުން ވަނީ ނިންމާލައިފަ އެވެ.
އެ މައްސަލަތަކުގެ އިސްތިއުނާފް މަރުހަލާ ނިމޭއިރު ދަށު ކޯޓުގެ ހުކުމް ދަމަހައްޓައިފި ނަމަ އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ފަނޑިޔާރުކަމުގެ މަގާމުން އޮޓަމެޓިކުން ވަކިވާނެ އެވެ.
އަބްދުﷲ ސައީދު މައްޗަށް މާދަމާ ހައިކޯޓުން ޙުކުމް އިއްވާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ