މޫސުން ގޯސްވެ ދެކުނަށް ވައިޓް އެލާޓް ނެރެފި

ދެކުނު އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ލާފާކޮށް، ވައިޓް އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން މިއަދު މެންދުރު ފަހު 15:40 ގައި ނެރުނު އެލާޓްގައި ބުނެފައި ވަނީ، މިއަދު ހަވީރު 16:30 އިން 22:30 އަށް ލ. އަތޮޅުން ފެށިގެން އައްޑޫ އަތޮޅާއި ހަމައަށް ގުގުރުމާއެކު ބޯކޮށް ވިއްސާރާކުރާނެކަމަށެވެ.
އަދި 40 މޭލު ބާރު މިނުގައި ވައި ޖެހޭނެކަމަށްވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ.
މެޓް އޮފީހުން މިއަދު ހެނދުނު ބުނިގޮތުގައި، އެންމެ ދެކުނުއަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވާނެ އަދި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށްމަޑުވާނެއެވެ.
ވައިޓް އެލާޓް: މި އެލާޓްގައި މޫސުމަށް ސަމާލުވާންޖެހެއެވެ. ކޮންމެވެސް ވަރަކަށް ވައިގަދަވެ، ވާރޭ ވެހި، އާންމު ގޮތެއްގައި ކަނޑުތައް ގަދަ ވާނެއެވެ. ވައިޖެހޭނީ 20 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނެއްގައެވެ. ވައިޓް އެލާޓް ނެރެފައިވާނަމަ، ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުން މުހިއްމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ