އައްޑު އަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން މީހަކު ހޯދަން އިޢުލާން ކޮށްފިއެވެ.
ހޯދުމަށް އިޢުލާން ކޮށްފައިވަނީ ސ. ހިތަދޫ، ޅަރީތިގޭ މުޙައްމަދު ރަޝީދުއެވެ. ފުލުހުންގެ މައްޗަށް އަމުރު ކޮށްފައިވަނީ ޢުމުރުން 35 އަހަރުގެ މުޙައްމަދު ރަޝީދު ފުލުހުންގެ ބަންދުގައި ބަހައްޓައިގެން 30 ދުވަހުގެ ތެރޭގައި ހިތަދޫ ކޯޓަށް ހާޟިރު ކޮށްދިނުމަށެވެ.
މުހައްމަދު ރަޝީދާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެ މަޢުލޫމާތެއް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހިތަދޫ ޕޮލިސް ސްޓޭޝަން ގެ ނަންބަރު 9791612 އަށް ގުޅުއްވައި ހިއްސާކުރެއްވުން ފުލުހުން އިލްތިމާސް ކުރެއެވެ.
ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން މީހަކު ހޯދަން އިޢުލާން ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ