ސުޕްރީމު ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދު ކުރުމަށް މިއަދު މަޖިލީހުގައި ވޯޓަށް އެހުމަށް ތައްޔާރުވަމުން އަންނަ އިރު އެކަން ހުއްޓުވައި ފަނޑިޔާރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށް ނިންމި ނިންމުމަކީ ބާތިލް ނިންމުމެއް ކަމަށް ކަނޑައަޅައި ދިނުމަށް އެދި އެމްޑީޕީން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެކޯޓުން ބަލައިގެންފިއެވެ.
ޤާނޫނީ ޓީމުގެ މެމްބަރު ހިސާން ހުސައިން ވަނީ ކަށަވަރުކޮށްދެއްވައި ޓްވީޓެއް ކުރައްވާފައެވެ.
އެމްޑީޕީން ސިވިލް ކޯޓަށް ހުށަހެޅި ބަޔާނުގައި ބުނެފައިވަނީ ދެ ފަނޑިޔާރުން ވަކި ކުރުމަށް ޖޭއެސްސީން ނިންމި ނިންމުން ބާތިލް ކޮށްދިނުމަށެވެ.
އަދި އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސެއިންގެ އިތުރުން ފަނޑިޔާރު މުއުތަސިމް އަދުނާން ވަކި ކުރުމަށް ގޮތެއް ނިންމުމަށް މިއަދު މަޖިލީހުގައި ނެގުމަށް ތައްޔާރުވަމުން އަންނަ ވޯޓު ހުއްޓުވައިދިނުމުގެ ވަގުތީ އަމުރަކަށްވެސް އެމްީޕީން ވަނީ އެދިފައެވެ.
އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސެއިންގެ އިތުރުން ފަނޑިޔާރު މުއުތަސިމް އަދުނާން ވަކި ކުރުމަށް ޖޭއެސްސީ އިން ހުށަހަޅާފައި ވާއިރު، މި ދެބޭފުޅުން ވަކި ކުރަން ޖެހޭ ސަބަބެއް ޖޭއެސްސީން ހާމަކޮށްފައެއް ނުވެއެވެ.
ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން ކޯޓުތަކާއި ބެހޭ ޤާނޫނަށް ގެނައި އިސްލަހަކީ ޤާނޫނު އަސާސީ އާއި ހިލާފު އިސްލާހެއް ކަމަށް ނިންމައި ސިވިލް ކޯޓުން ވަނީ ޤަރާރެއް ނެރުއްވާފައެވެ.
މިނިންމުން ނިންމާފައިވަނީ ސިވިލް ކޯޓުގެ އިސް ގާޒީ އަލީ ރަޝީދު ހުސައިނާއި އާއިޝަތު ޝުޖޫން މުހައްމަދު، އަބްދުﷲ ޖަމީލް މޫސާ، ހާތިފް ހިލްމީ، މަރިޔަމް ނިހާޔަތު، ހުސައިން މަޒީދުގެ އިތުރުން ފަރުހާދު ރަޝީދު އެވެ.
އެމްޑީޕީން ހުށަހެޅި މައްސަލަ ސިވިލް ކޯޓުން ބަލައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ