ސްކޫލް ގޮއްވާލާނެ ކަމުގެ އިންޒާރުދީ ސިޓީއެއް

އިންޑިއާގެ އުއްތަރްޕަރަދޭޝްގެ ސްކޫލެއްގައި ގްރޭޑް 10ގައި ކިޔަވަމުން އަންނަ ކުއްޖަކު، ސްކޫލް ގޮއްވާލާނެ ކަމުގެ އިންޒާރު ދީ ސިޓީއެއް ލިޔެފިއެވެ.
އެ ކުއްޖާ ސިޓީ ލިޔެ ވަނީ ސްކޫލާއި ހަވާލުކޮށްފައެވެ. އެ ސިޓީގައި ބުނެފައި ވަނީ، އޭނާއަށް ދެ ލައްކަ ރުޕީސް ނުދީނަމަ ސްކޫލް ގޮއްވާލާނެ ކަމަށެވެ. އަދި އޭނާ ސްކޫލާއި އޭނާ ދިރިއުޅެމުންދާ ގޭގައި ބޮމެއް ހަރުކޮށްލާފައިވާނެ ކަމަށް ބުނެފައި ވެއެވެ.
އެ ކުއްޖާއާ ގުޅޭ މައްސަލަ ފުލުހަށްވެސް މިހާރި ވަނީ ހުށަހަޅާފައެވެ. ފުލުހުންނަށް މައްސަލަ ހުށަހަޅުމުން ފުލުހުން ވަނީ އެ ކުއްޖާ މިހާރު ވަނީ ހައްޔަރުކޮށްފައެވެ.
އެ ސްކޫލްގެ މެނޭޖަރު އަނިލް ސިންގ ބުނީ، އެ ކުއްޖާ މިދިޔަ އާދީއްތަ ދުވަހު ސްކޫލަށް ލިޔެފައިވާ އިންޒާރުގެ ސިޓީގައި ބުނެފައި ވަނީ، އޭނާ ބުނެފައިވާ ވަރަށް ފައިސާ ނުދީނަމަ، އިންޑިއާ ކަޝްމީރުގެ ޕުލްވަމާ ޑިސްޓްރިކްޓްގައި ދިން ބޮމުގެ ހަމަލާ ފަދަ ހަމަލާއެއް ދީފާނެ ކަމަށެވެ.
އެ ކުއްޖާ ސްކޫލްގައި ބޮން ހަރުކުރި ކަމަށް ބުނި މައްސަލާގައި ފުލުހުންވެސް އެ ސްކޫލްގައި ހަރަކާތްތެރިވިއެވެ. އަދި އެ ސްކޫލްގައި އެވަގުތު ތިބި 400 ކުދިން ސްކޫލުން ބޭރުކޮށް، ބޮމެއް ސްކޫލް ތެރޭގައި ހަރުކޮށްފައިވޭތޯ ބެލިއެވެ. ނަމަވެސް ސްކޫލުން އެފަދަ އެއްވެސް އެއްޗެއް ފެނިފައެއް ނުވެއެވެ.
އަދި މިިދިޔަ އަންގާރަ ދުވަހުވެސް ސްކޫލަށް އެފަދަ ސިޓީއެއް ލިބުނު ކަމަށް ރިޕޯޓްތައް ބުނެއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ހިންގި ތަހުގީގުން އެނގުނުގޮތުގައި، ސިޓީ ލިޔެފަ އެ ގަނޑަކީ ސައިންސް ނޯޓް ފޮތެއްގެ ގަނޑެެކެވެ. އަދި ފުލުހުންނަށް އެ ކުއްޖާ ހޯދުނީ، އެ ސްކޫލްގެ ގްރޭޑް 9 އަދި 10 ގައި ކިޔަވަމުންދާ ކުދިންގެ ނޯޓް ފޮތްތައް ބެލުމުންނެވެ.
ލުހުން އެ ކުއްޖައާ ސުވާލު ކުރުމުން، އެ ކުއްޖާ ބުނީ، އެގޮތަށް ސިޓީ ލިޔަން މީހަކު އޭނާއާށް މަޖުބޫރު ކުރުވީ ކަމަށެވެ. ފުލުހުން މިހާރު ދަނީ އެކަމުގައި އިތުރު ކުއްޖެއްގެ ބައިވެރިވުމެއް އޮތްތޯ ބަލަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ