ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ސުޕްރީމް ކޯޓަށް ހާޒިރުވާން ޗިޓު ފޮނުވައިފި އެވެ.
އިމްތިޔާޒު ސުޕްރީމް ކޯޓަށް ހާޒިރުވާން އަންގާފައިވާ އޭނާ ހާމަކުރެއްވީ މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އިމްތިޔާޒު ވިދާޅުވީ ސުޕްރީމް ކޯޓަށް ހާޒިރުވާން އެންގީ ބިރު ދެއްކުމުގެ ގޮތުން ކަމަށެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކުރާ ގޯސްކަންތައްތަކުގެ ވާހަކަ ދެއްކުން ހުއްޓުވާ ނުލެވޭނެ ކަމަށްވެސް ވިދާޅުވި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިމްތިޔާޒު ވަނީ ސުޕްރީމް ކޯޓަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަދައްކަވާފަ އެވެ. އެގޮތުން ސުޕްރީމް ކޯޓަކީ "ވަކަރުގެ" ކަމަށްވެސް ވިދާޅުވި އެވެ.
އިމްތިޔާޒު ވިދާޅުވީ ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށާއި ނިމިގެން ދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީއަށް ރައްޔިތުން ބޮޑު އަޣުލަބިއްޔަތެއް ދިނީ އަދުލު އިންސާފު ގާއިމުކޮށްދިނުމަށް ވައުދުވުމުން ކަމަށެވެ. އެހެންކަމުން ޝަރުއީ ދާއިރާ އިސްލާހުކުރުމަށް ކުރަމުންދާ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށާއި އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ބަދަލުކުރައްވާނެ ކަމަށްވެސް ވިދާޅުވި އެވެ.
އިމްތިޔާޒު ސުޕްރީމް ކޯޓަށް ހާޒިރުވާން އަންގާފައިވާއިރު މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލައި ކޮމިޝަނުގެ ރައީސް ހުސްނުއްސުއޫދާއި ފޮނަދޫ ދާއިރާގެ މަޖިލިސް މެންބަރު ކަމަށް އިންތިހާބުކޮށްފައިވާ ގާނޫނީ ވަކީލް މޫސާ ސިރާޖު ވެސް ވަނީ މިދިޔަ ހަފްތާގެ ތެރޭގައި ސުޕްރީމް ކޯޓުގެ ދަށުން ހިންގާ ޑީޖޭއޭ އަށް ހާޒިރުކޮށް ބަޔާން ނަގާފަ އެވެ.
މެމްބަރު އިމްތިޔާޒު ފަހުމީ ސުޕްރީމް ކޯޓަށް ހާޒިރުވާން އަންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ