ވިހެއުމުން ހަ މަހުގެ ޗުއްޓީ ދޭން ނިންމި ފުރަތަމަ އަމިއްލަ ކުންފުންޏަކަށް ހެޕީ މާކެޓް

ވިހެއުމުން ހަ މަހުގެ ޗުއްޓީ ދޭން ނިންމި ފުރަތަމަ އަމިއްލަ ކުންފުންޏަކަށް ހެޕީ މާކެޓް ވެއްޖެ އެވެ.
ހެޕީ މާކެޓުން މިރޭ ބުނީ ހަ މަހުގެ ޗުއްޓީއެއް އަންހެން މުވައްޒަފުންނަށް ދޭން ނިންމުމުގެ އިތުރުން އަނބިމީހާ ވިހެއުމުން ފިރިންނަށް އެއް މަސް ދުވަހުގެ ޗުއްޓީއެއް ދޭން ވެސް ނިންމާފައިވާ ކަމަށެވެ.
ސަރުކާރުގެ މުވައްޒަފުންނަށް މި ޗުއްޓީ ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. އެމަނިކުފާނު ވަނީ އެ ޗުއްޓީ ދޭން ފައްޓަވާފަ އެވެ. އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވެސް އެ ޗުއްޓީ ދިނުމަށް އިލްތިމާސްކުރައްވާފަ އެވެ.
އެއާ ގުޅިގެން ވަރަށް ގިނަ ސަރުކާރު ކުންފުނިތަކުން ވަނީ ހަ މަހުގެ ޗުއްޓީ ދޭން ނިންމާފަ އެވެ. އެކަމަކު، އަމިއްލަ ކުންފުންޏަކުން މި ނިންމުން ނިންމި މިއީ ފުރަތަމަ ފަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ