ކަރަންޓް ކެނޑެނީ ހޫނު ގަދަ ވުމުން: ސްޓެލްކޯ

މިދުވަސްވަރު ދޭތެރެ ދޭތެރެއިން މާލެއިން ކަރަންޓް ކަނޑާލަން ޖެހެނީ ހޫނު ގަދަވުމުން ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މާލެއިން ކަރަންޓް ކަނޑާލަން ޖެހެނީ ހޫނު ގަދަވުމުގެ ސަބަބުން އިޖަނަރޭޓަރުތަކަށް ލޯޑު ބޮޑުވުމުން ކަމުގައެވެ.pic.twitter.com/kGCJSWiqeM— STELCO (@STELCOMALDIVES) April 15, 2019
ސްޓްލެލްކޯގެ ބަޔާނުގައި ވަނީ މިދުވަސްވަރު ހޫނު ގަދަވެ ލޯޑް ބުޑުވާތީ ބޮޑަށް ކަރަންޓް ބެނުންވާ ތަކެތި ވީހާވެސް މަދުން ބޭނުން ކުރުމަށް އިލްތިމާސް ކޮށްފައެވެ.
މިދުވަސް ވަރަކީ އާދަޔާ ހިލާފަށް ހޫނު ގަދަ ދުވަސްވަރެއްގެ އިތުރުން މާލެއަށް ވާރޭ ނުވެހޭތާވެސް މިހާރުވަނީ ގިނަ ދުވަސްތަކެއް ވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ