ހުޅުދޫ ދާއިރާގެ އެމްޕީ ޝާހިދުގެ ކެންޑިޑެސީ ފޯމް އިލެކްޝަނަށް ހުށަހަޅައިފި

އައްޑޫސިޓީ ހުޅުދޫ ދާއިރާގެ އެމްޕީ މުޙައްމަދު ޝާހިދު (ޝާޑު) ގެ ކެންޑިޑެސީ ފޯމު މިއަދު އިލެކްޝަނަށް ހުށަހަޅައިފިއެވެ.
ނަވާރަ ވަނަ ރައްޔިތުންގެ މަޖްލީހުގެ ހުޅުދޫދާ އިރާ އަށް މިފަހަރު ކުރިމަތި ލައްވަން ގަސްތު ކުރައްވައި ޝާޑު ގެ ފޯރމް އިލެކްޝަން ކޮމިޝަންގެ މެމްބަރުން ބައިވެރިވެ ވަޑައިގެންނެވި ރަސްމިއްޔާތުގައި މިއަދު އެބޭފުޅުންނާ ފޯރމް ހަވާލު ކުރެއްވިއެވެ.
މިރަސްމިއްޔާތުގައި ޝާހިދުއަށް ތާއީދު ކުރާ ހުޅުދޫގެ ވަރަށް ގިނަފަރާތްތަކުން ބައިވެރިވިިއެވެ.
ޝާހިދު ވިދާޅުވެފައިވަނީ، މިދާއިރާ އަށް މިފަހަރު ކުރިމަތި ލައްވަން ގަސްތު ކުރެއްވީ އޭނާ އަކީ ހުޅުދޫގެ ގިނަރައްޔިތުންގެ ލޯބި ލިބިފައިވާ އަދި ހިނގަމުން މިދާ 18 ވަނަ ރައްޔިތުންގެ މަޖްލީހުގެ ދައުރުގައި ހުޅުދޫ ގެ ތަރައްޤީ އަށް ވަރަށް ގިނަ މަސައްކަތް ކޮށްދީ އަދި މީގެ އިތުރުން ވެސް އެއިރަކު އޮންނަ ސަރުކާރަކާ ގުޅިގެން އަދިވެސް ރަށުގެ ތަރައްޤީ އަށް ކަންތައްތައް ކޮށްދޭން ބޭނުންވަތީ ކަމަށެވެ. މީގެ އިތުރުން ހުޅުދޫގެ ގިނަ ރައްޔިތުން އަދިވެސް ކުރިއަށް އޮތް 19 ވަނަ މަޖްލީހުގައިވެސް ޝާޑު ތަމްސީލުކޮށް ދޭން ބޭނުންވުމާއެކުއެވެ.
ފާއިތުވެ ދިޔަ 5އަހަރު ޝާހިދު ވަނީ ހުޅުދޫގެ ރައްޔިތުންނާ ވަރަށް ގާތުން ޚިދުމަތް ކޮށްދީ ސާބިތުކަމާއެކު އެދާއިރާ ތަމްސީލުކޮށްދީފައެވެ. އެގޮތުން ޝާހިދު ވަނީ ހިނގަމުން މިދާ ފަސް އަހަރުގައި ރަށުގެ ތަރައްޤީގެ ވަރަށް ބޮޑެތި 16 މަޝްރޫއެއް ނިންމާ 359 މިލިއަން ރުފިޔާގެ ޕްރޮޖެކްޓް ތައް ޝާހިދުގެ ދައުރުގައި ކޮށްދެއްވާފައެވެ.
ހުޅުދޫގެ ގިނަރައްޔިތުންގެ ލޯބި ލިބިފައިވާ އަދި އެންމެނާ ގުޅޭ އެކުވެރި، އޯގާތެރި އެމްޕީ ޝާޑް އަކީ ރަށުގެ ގިނަމީހުން މިހާރުވެސް ގަބޫލު ކުރާގޮތުގައި ކުރިއަށް އޮތް ދައުރުގައިވެސް ހުޅުދޫދާއިރާ ތަމްސީލު ކޮށްދެވޭނެ އެންމެ ގާބިލް ބޭފުޅާއެވެ.
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ