ސުޕްރީމް ކޯޓުގެ ބެންޗު ހަތް ފަނޑިޔާރުންނަށް އިތުރުކުރަން ހުށަހަޅަނީ
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކަށް އިތުރުކުރުމަށް، ކޯޓުތަކާ ބެހޭ ގާނޫނަށް މި ހަފްތާ ތެރޭގައި އިސްލާހު ހުށަހަޅާނެކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު ވިދާޅުވެއްޖެއެވެ. ސުޕްރީމް ކޯޓު އުފެދުނު އިރުވެސް އެ ކޯޓުގައި ހިމެނެނީ ހަތް ފަނޑިޔާރުންނެވެ. އެހެން ނަމަވެސް 2014 ވަނަ އަހަރުގެ ފަހުކޮޅު އެ ކޯޓުގެ ބެންޗު ވަނީ ފަސް ފަނޑިޔާރުންގެ ބެންޗަކަށް ބަދަލުކޮށްފައެވެ. މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު ވިދާޅުވީ، ސުޕްރީމް ކޯޓުގެ ބެންޗު ހަތް ފަނޑިޔާރުންގެ ބެންޗަކަށް ބަދަލުކުރުމަށްޓަކައި ކޯޓުތަކާ ބެހޭ ގާނޫނަށް މި ހަފްތާގައި އިސްލާހު ހުށަހަޅުއްވާނެ ކަމަށެވެ. ތަފްސީލު އަންނަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ