އެއްފަސް ކުރުމުގައި މި ސަރުކާރުގެ ސިޔާސަތަކީ ރައްޔިތުންގެ ރުހުން އޮވެގެން އެކަން ކުރުން ކަމަށާއި ރައްޔިތުންގެ އަޣުލަބިއްޔަތު ނެތި އެއް ރަށުން އަނެއް ރަށަށް މީހުން ބަދަލު ކުރުމުގެ ސިޔާސަތެއް ނުގެންގުޅޭނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ސިޔާސަތުގެ ދަށުން އެއް ރަށުން އަނެއް ރަށަށް މީހުން ބަދަލުކުރަމުން ގެންދަނީ ވަރަށް ބޮޑެތި ދިރާސާތަކެއްކޮށް މި ދިރާސާތަކުގެ ނަތީޖާ އަށް ބަލައި އެކަމާ ބެހޭ ފަރާތްތަކުގެ މަޝްވަރާ ވެސް ހޯދުމަށް ފަހު ކަމަށެވެ.
"މިގޮތުން އެއްރަށުން އަނެއް ރަށަށް މީހުން ބަދަލުކުރުމުގައި ސަރުކާރުން އެންމެ ބޮޑު އަހަންމިއްޔަތުކަމެއް ދޭ އެއްކަމަކީ، އެ ރަށެއްގައި ދިރިއުޅޭ ރައްޔިތުންގެ ރުހުމުގައި އެ ރައްޔިތުން އެހެން ރަށަކަށް ބަދަލުކުރުމެވެ." ރައީސް އޮފީހުން ބުނެފައި ވެ އެވެ. "އެހެންކަމުން، ސަރުކާރުން މިހާރު ހިންގަވާ ޕްރޮގްރާމްގެ ދަށުން، އެއްރަށުން އަނެއް ރަށަށް މީހުން ބަދަލުކުރާއިރު، ވަރަށް ފުޅާ ދާއިރާއެއްގައި ރައްޔިތުންގެ ޚިޔާލު ސަރުކާރުން ހޯދާނެ ކަމާއި، ރައްޔިތުންގެ އަޣުލަބިއްޔަތު އޮތް ގޮތަކަށް މެނުވީ އެއްރަށުން އަނެއް ރަށަށް މީހުން ބަދަލުކުރުމުގެ ސިޔާސަތެއް ސަރުކާރުން ނުގެންގުޅޭނެ ވާހަކަ ދެންނެވީމެވެ."
ރައްޔިތުން ނުރުހޭ ނަމަ ރަށުން ބަދަލެއް ނުކުރާނެ: ރައީސް އޮފީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ