،ތެލުގެ އަގު ހެޔޮވުމާ ގުޅިގެން ފެނަކައިން ވެސް ކަރަންޓުގެ އަގު ހެޔޮކޮށްފި އެވެ.
އެ އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެ ކުންފުނީގެ ޗެއާމަން އިގްބާލް އާދަމް ވިދާޅުވީ ފެނަކަ ލިބެމުން އައި ޑީސަލް އަގުހެޔުވުމާ ގުޅިގެން ކުންފުނީގެ ބޯޑުން ކަރަންޓުގެ އަގުހެޔޮކުރުމަށް ނިންމީ ކަމަށެވެ.
އިގްބާލް ވިދާޅުވީ ތިން ލާރި ހެޔޮކުރި ނަމަވެސް ތެލުގެ އަގުހެޔޮ ކުރައްވާ ކޮންމެ ފަހަރަކު ވެސް ރައްޔިތުންނަށް ދެވެން އޮތް ވަރަކުން ލުއި ދެއްވާނެ ކަމަށެވެ. އަދި ތެލުގެ އަގުހެޔޮކުރި ދުވަހުން ފެށިގެން އެ ކުންފުނިން ތައްޔާރު ކުރާ ބިލްތައްވެސް އަގުހެޔޮކުރި ރޭޓުން ހަދަމުންދާނެ ކަމަށެވެ.
ތެލުގެ އަގު ހެޔޮވުމާއި ގުޅިގެން ސްޓެލްކޯއިން ވެސް ވަނީ، ކަރަންޓުގެ އަގުހެޔޮކުރަން ނިންމާފައެވެ.
ސްޓެލްކޯއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެ ކުންފުންޏަށް ޑީސަލް ގަންނަން ލިބޭ އަގު މިއަދުން ފެށިގެން 9.18 ރުފިޔާއަށް ކުޑަވެފައިވާކަމަށާއި، އެގޮތުން، މި ބަދަލާއެކު ކަރަންޓް ހަރަދު ކުޑަވާނެކަމަށެވެ.
ފެނަކައިން ވެސް ކަރަންޓުގެ އަގު ހެޔޮކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ