ކުރިއަށް އޮތް ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަކުރާ ފަރާތްތަކުގެ ކުށުގެ ރެކޯޑް ސާފުކޮށްދިނުމުގެ ޚިދުމަތް މި ހަފުތާ ނިމެންދެން ކޮންމެ ދުވަހަކު ރޭގަނޑު 8:00 އާ ހަމައަށް ދޭ ގޮތަށް ހައި ކޯޓުން ހަމަޖައްސައިފި އެވެ.
ހައި ކޯޓުން ބުނީ އެގޮތަށް ހަމަޖެއްސީ ކުށުގެ ރެކޯޑް ސާފުކުރަން ދާ މީހުންގެ އަދަދު އިތުރުވުމާ ގުޅިގެން ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ކައުންސިލް އިންތިޚާބާ ގުޅިގެން އެވްރެޖްކޮށް ދުވާލަކު 500 އަށްވުރެ ގިނަ ފޯމް ހައި ކޯޓަށް ހުށަހަޅާ ކަމަށް އެ ކޯޓުން ބުންޏެވެ.
އެ މަސައްކަތް ހަލުވި ކުރުމުގެ ގޮތުން މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކޮންމެ ރެއަކު 8:00 އާ ހަމައަށް، ކުށުގެ ރެކޯޑް ސާފުކުރަން ހުށަހަޅާ ފޯމްތައް ބަލައިގަންނާނެ ކަމަށް އެ ކޯޓުން ބުންޏެވެ. އަދި ރެކޯޑް ސާފުކޮށްދިނުމަށްފަހު ދޫކުރާ ފޯމްތައް މެންދުރުފަހު 3:00 އިން ފެށިގެން ރޭގަނޑު 8:00 އާ ހަމައަށް ދޫކުރަމުން ގެންދާނެ ކަމަށް ވެސް އެ ކޯޓުން ބުންޏެވެ.
ކައުންސިލް އިންތިޚާބާ ގުޅިގެން ގިނަ އަދަދެއްގެ މީހުންގެ ކުށުގެ ރެކޯޑް ސާފުކުރަން ފޯމް ހުށަހަޅާތީ ކްރިމިނަލް ކޯޓުން ވެސް ވަނީ މިދިޔަ ހޮނިހިރު ހެނދުނު 11:00 އިން ފެށިގެން ހަވީރު 5:00 އެ ޚިދުމަތް ދީފަ އެވެ.
ކުށުގެ ރެކޯޑް ސާފުކޮށްދިނުމުގެ ޚިދުމަތް ރޭގަނޑު 8 ޖަހަންދެން ދޭ ގޮތަށް ހައި ކޯޓުން ހަމަޖައްސައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ