ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމުގެ
އިސްތިއުނާފް މައްސަލަ ބަލައިގަތުމާ މެދު ގޮތެއް ނިންމަން އިޖްރާއީ
އަޑުއެހުމެއް ބާއްވަން ހައި ކޯޓުން ނިންމައިފި އެވެ.ޓެރަރިޒަމްގެ
ކުށުގައި ނަޝީދަށް އިއްވާފައިވާ ޖަލު ހުކުމާ ބެހޭގޮތުން ނަޝީދުގެ ފަރާތުން
ކަންބޮޑުވުން ފާޅު ކުރަމުންދާތީ އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް
ކުރީ ޕްރޮސެކިއުޓާ ޖެނެރަލެވެ."ހަވީރަ"ށް އެނގިފައިވާ ހައި ކޯޓުން
މިހާރު ނިންމާފައިވަނީ މައްސަލަ ބަލައިގަތުމާ މެދު ގޮތެއް ނިންމަން
އިޖްރާއީ އަޑުއެހުމެއް ބޭއްވުމަށެވެ. އަދި އެ އަޑުއެހުމުގައި
ބައިވެރިވުމުގެ ފުރުސަތު ނަޝީދަށް ވެސް އެބައޮތް ކަން ހައި ކޯޓުން މިހާރު
ނަޝީދަށް އަންގާފައިވާ ކަމަށް ވެސް ވަނީ އެނގިފަ އެވެ.ނަމަވެސް އެ އަޑުއެހުން ބާއްވާނެ ދުވަހެއް ކަނޑައެޅިކަމެއް މިހާތަނަށް ސާފެއް ނުވެއެވެ.އެ
މައްސަލަ ނަޝީދުގެ ފަރާތުން އިސްތިއުނާފް ނުކުރީ ދަށު ކޯޓުން މައްސަލަ
ނިމުނު ގޮތުގެ ރިޕޯޓް ނުލިބިގެން މައްސަލަ އިސްތިއުނާފަށް ހުށަނޭޅި އޮއްވާ
އިސްތިއުނާފް މުއްދަތު ހަމަވުމުން ކަމަށް ނަޝީދުގެ ވަކީލުން ވަނީ ބުނެފަ
އެވެ.ދަށު ކޯޓުގެ ހުކުމާ ބެހޭގޮތުން ނަޝީދުގެ ފަރާތުން ފާހަގަކުރި
މައްސަލަތަކާ ގުޅިގެން އެ މައްސަލަ ޕީޖީ އިސްތިއުނާފަށް
ހުށަހަޅުއްވާފައިވާއިރު ނަޝީދުގެ ވަކީލުން ބުނެފައިވަނީ އިސްތިއުނާފް
މައްސަލާގައި ބައިވެރިވާނީ ނަޝީދުގެ ފަރާތުން ހުށަހެޅި ނުކުތާތައް
އިސްތިއުނާފް މައްސަލާގައި ހިމަނާފައިވާ ނަމަ ކަމަށެވެ.
ނަޝީދުގެ މައްސަލަ ބަލައިގަތުމާ މެދު ގޮތެއް ނިންމަން ހައި ކޯޓުން އަޑުއެހުމެއް ބާއްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ