ގާސިމް ކިޑްނެޕްކުރުމުގައި ބައިވެރިވި ފުލުހުންނާއި، ރައީސް ޔާމީންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލޭނެ: ފައްޔާޒު

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހައްޔަރުކުރި މައްސަލައާއި ގުޅިގެން އެކަންކުރި ފުލުހުންނާއި ރައީސް އަބުދުﷲ ޔާމީންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލޭނެކަމަށް ގާނޫނީ ވަކީލު އަދި ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެންބަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.
ފައްޔާޒު މިހެން ވިދާޅުވީ އޭނާ މިއަދު ކުރައްވާފައިވާ ޓްވީޓެއްގައެވެ.
ފައްޔާޒުގެ ޓްވީޓްގައި ވިދާޅުވެފައިވަނީ ގާސިމް އިބްރާހިމް ކިޑްނެޕްކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ހުރިހާ ފުލުހުންނާއި. ރައީސް ޔާމީންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލޭނެކަމަށެވެ.
ގާސިމް އިބްރާހިމް ކިޑްނެޕްކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ހުރިހާ ފުލުހުންނާއި. ރައީސް ޔާމީންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލޭނެކަމަށް ފައްޔާޒު ވިދާޅުވެފައިވާއިރު، ގާސިމް ހައްޔަރުކޮށްފައިވަނީ އުސޫލްތަކުން ބޭރުންކަމަށް ގާނޫނީ ވަކީލުންނާއި ސިޔާސީ ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.
އަދި ސަރުކާރުން ވަނީ، ގާސިމް އިބްރާހިމަށް ލިބިދޭ ގާނޫނީ މަދަނީ އަދި އިންސާނީ ހުރިހާ ހައްގުތަކެއް ގެއްލުވާލައި، އެމަނިކުފާނު ރަހީނުކޮށްފައި ކަމަށް ސިޔާސީ ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.
މީގެ އިތުރަށް ގާސިމް އިބްރާހިމަކީ މަޖިލީހުގެ މެންބަރަކަށްވީއިރު، އެމަނިކުފާނު ހައްޔަރުކޮށްފައިވަނީ އިމްތިޔާޒުގެ ގަވާއިދާއިވެސް ޚިލާފަށްކަމަށްވެސް މަޖިލީސް މެންބަރުން ގެންދަވަނީ ވިދާޅުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ