ސްކޫލް ފީ ދައްކާނެ ލާރިހޯދީ އަމިއްލަ މަސައްކަތުން

އުމުރުން 10 އަހަރުގެ ޓައިރަން ބެލް އަކީ އަބަދުވެސް ކިޔެވުމަށް ޝައުޤުވެރިކަން ހުންނަ ކުއްޖެކެވެ. ނަމަވެސް އޭނާގެ މަންމަގެ އަތްމަތި ތަނަވަސް ނުވުމުގެ ސަބަބުން މަންމަ އަށް އެހީތެރިވެދީ، ލުއިކޮށްދިނުމަކީވެސް އޭނާ ކުރަން ބޭނުންވާކަމެކެވެ.
މިގޮތުން ޓައިރަން ވަނީ ވިނަގަނޑު ކޮށައިދޭ ވިޔަފާރިއެއް ފަށައިފައެވެ. އޭނާގެ ސްކޫލު ފީ ދެއްކުމަށް މަންމަ އަށް އެހީތެރިވެދެނީ އަމިއްލަ މަސައްކަތުން އެއްކުރާ ފައިސާއިންނެވެ. ޓައިރަންގެ ވިޔަފާރިއަށް އޭނާ އުޅޭ ހިސާބުގަނޑުގެ މީހުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބެއެވެ. ފޭސްބުކް މެދުވެރިކޮށް ޓައިރަން ވަނީ އޭނާގެ ވިޔަފާރި އިޝްތިހާރު ކޮށްފައެވެ. އޭނާ ދިރިއުޅެނީ ނޯތް ކެރޮލީނާގައެވެ. އޭނާ ދިރިއުޅޭ ހިސާބުގެ މީހުން އަންނަނީ މި ފޭސްބުކް ޕޭޖަށް މެސެޖްކޮށް މި ވިޔަފާރީގައި ޓައިރަން އަށް އެހީވަމުންނެވެ.
"ވަރަށް ގިނަ މީހުން ޓައިރަންގެ ފޭސްބުކް ޕޭޖަށް މެސެކްޖުރޭ މި ޚިދުމަތް ހޯދަން. ބައެއް މީހުން ޑޮނޭޝަންތައްވެސް ދޭ. އެ މީހުންގެ ފަރާތުން ފެންނަނީ ވަރަށް ސަޕޯޓިވްކޮށް. އަވަށު މީހުންގެ ހައިސިއްޔަތުން އެމީހުންގެ ދައުރު އެބަ އަދާކުރޭ."
މިގޮތުން އެކަކު ވަނީ އެ މަސައްކަތް ކުރާނެ ސާމާނުގެ އިތުރުން ޓައިރަންގެ ސްކޫލަށް ބޭނުންވާ ސާމާނުވެސް ހަދިޔާކޮށްފައެވެ.
މިހާރު ގްރޭޑު ފަހެއްގައު އުޅޭ ޓައިރަން ބުނީ އޭނާގެ މަސައްކަތުގައި އެހީވުމަށް އެހެން މީހަކު ހޯދުމާމެދުވެސް މިހާރު ވިސްނަމުންދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ