ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ދެފިސްތޯލަ ގެންގުޅު ކަމަށް ބުނެ ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތް ކުރާ ފަނޑިޔާރުންގެ ބެންޗް އުވާލާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުލް ބާރީ ޔޫސުފް އެމައްސަލަ ބައްލަވަން ފައްޓަވައިފިއެވެ.
މިއަދު އޮތް މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދެވީ ގާޒީ އަބްދުލް ބާރީއެވެ.
މިއަދުގެ އަޑުއެހުންތަކަށް ފަހު މައްސަލައިގައި ދެން އޮންނާނީ ދެފަރާތުން ހުލާސާ ބަޔާން ހުށަހެޅުއްވުމެވެ.
ހުލާސާ ބަޔާން ހުށަހެޅުއްވުމަށް ހަމަޖެހިފައި ވަނީ ހޮނިހިރު ދުވަހު ހެނދުނު 09:00 ގައެވެ.
މައްސަލަ ބައްލަވާ ބެންޗް އުވާލާ މިމައްސަލަ ގާޒީ އަބްދުލް ބާރީ ޔޫސުފް ބައްލަވަން ފެއްޓެވި ސަބަބެއް ވަނީ ސާފުވާގޮތް ނުވެފައެވެ.
އަދީބުގެ ގިނަ މައްސަލަތަކެއް ކްރިމިނަލް ކޯޓުގައި ކުރިއަށް ދާއިރު މީގެ ކުރިން ވެސް އަދީބުގެ މައްސަލަތައް ބައްލަވާ ގާޒީ ބަދަލުކޮށްފައި ވެއެވެ.
އަދީބު ފިސްތޯލަ ގެންގުޅު މައްސަލަ ބަލާ ބެންޗް އުވާލާ މައްސަލަ ބެލުން ގާޒީ ބާރީއަށް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ