ދައުލަތަށް ލިބުނު އާމްދަނީ އާއި ހިލޭ އެހީގެ މިންވަރު މި އަހަރު އިތުރުވި ނަމަވެސް، ލޯނުތައް ދެއްކުމާއި ސަބްސިޑީގެ ހަރަދުތައް ބޮޑުވުމުގެ ސަބަބުން ދައުލަތުގެ ޖުމްލަ ހަރަދު 33.5 ބިލިއަން ރުފިޔާއަށް އަރައިފިއެވެ. ފިނޭންސް މިނިސްޓްރީގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުން ދައްކާ ގޮތުގައި، މި މަހުގެ ދެވަނަ روزގެ ނިޔަލަށް ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބިފައިވަނީ 22.4 ބިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 2.1 ބިލިއަން ރުފިޔާ ނުވަތަ 10.4 ޕަސަންޓުގެ ކުރިއެރުމެކެވެ.
އެ މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު، ދައުލަތަށް ލިބުނު އާމްދަނީގެ އެންމެ ބޮޑު ހިއްސާއެއް ކުރަނީ ޓެކްސްގެ ގޮތުގައި ލިބުނު ފައިސާއެވެ. އެގޮތުން ޓެކްސް އާމްދަނީ ވަނީ މިދިޔަ އަހަރުގެ 15.3 ބިލިއަން ރުފިޔާއިން 17.3 ބިލިއަން ރުފިޔާއަށް އިތުރުވެ، 13.0 ޕަސަންޓުގެ ކުރިއެރުމެއް ހޯދާފައެވެ. ނަމަވެސް، އާމްދަނީއަށްވުރެ ހަރަދުތައް ހުރީ މާ މަތީގައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތުގެ ޖުމްލަ ހަރަދު 25 ބިލިއަން ރުފިޔާގައި ހުރިއިރު، މި އަހަރު އެ އަދަދު ވަނީ 33.5 ބިލިއަން ރުފިޔާއަށް އުފުލިފައެވެ.
ހަރަދުތައް މިހާ ބޮޑަށް އިތުރުވާން މެދުވެރިވި މައިގަނޑު ސަބަބަކީ މުވައްޒަފުންގެ މުސާރައަށް ކުރި ހަރަދާއި ސަބްސިޑީއަށް ހިނގި ހޭދަ މަތިވުމެވެ. އެގޮތުން މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް މި އަހަރު 7.9 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، ސަބްސިޑީއަށް ވަނީ 2.8 ބިލިއަން ރުފިޔާ ހޭދަކޮށްފައެވެ. ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި ސަބްސިޑީގެ ހަރަދު ބޮޑުވީ ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގު އުފުލުނު ނަމަވެސް، ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ހިދުމަތްތަކުގެ އަގު ހިފެހެއްޓުމަށް ސަރުކާރުން އިސްކަންދިނުމުންނެވެ.
ދަރަނި ދައްކަން ހާއްސަކުރި ފަންޑަށް އެއް ބިލިއަން ރުފިޔާ ޖަމާކޮށްފި ފިނޭންސް މިނިސްޓްރީން 1.7 ބިލިއަން ރުފިޔާގެ ޓީ-ބިލް ވިއްކަން ހުޅުވާލައިފި ފަހުގެ ތާރީހެއްގައި ފުރަތަމަ ފަހަރަށް ޕްރައިމަރީ ބެލެންސް ސާޕްލަސްވެއްޖެ ބޭރު ފަައިސާ ލިބުމުގެ ދަތިކަމަށް ޙައްލު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ