ސްޓެލްކޯއިން ކ. ގުޅީފައި ފެށި މި ހިދުމަތާއެކު މަސްވެރިންނަށާއި ފެން ހޯދަން ވަންނަ އެހެން އުޅަނދުތަކަށް ވެސް ލުއި ލިބިގެންދާނެ އެވެ.
ކ. ގުޅީ ބަނދަރަށް ވަންނަ މަސް އޮޑިފަހަރައި އެހެނިހެން އުޅަނދު ފަހަރުގެ އެއް ޝަކުވާއަކީ އެ ބަނދަރުން ސާފު ބޯފެން ނުލިބޭ މައްސަލަ އެވެ. އޮޑީގައި ބޭނުން ކޮށްލާނެ ފެންފޮދެއް ގުޅީ ބަނދަރުން ފަސޭހައިން ލިބޭނެ ގޮތެއް ނުހުރުމެވެ.
އެ ދަތިކަމަށް ފަސޭހަކަން ގެނެސްދިނީ ސަރުކާރުގެ ކަރަންޓު ކުންފުނި ސްޓެލްކޯ އިންނެވެ. މިހާރު ގުޅީ ބަނދަރުން ފެން ލިބޭނެ އެވެ. އަދި މިހާރު ގުޅި އަށް ބަނދަރު ކުރާ އެންމެން ތިބީ އުފަލުންނެވެ.
ސްޓެލްކޯ އިން ބުނި ގޮތުގައި ގުޅީގައި ފެށި ފެނުގެ މި ހިދުމަތާއެކު، ޒަމާނީ ފަސޭހަތަކެއް ވެސް ލިބިގެންދާނެ އެވެ. އެގޮތުން ހޮޓްލައިނަށް ގުޅާ އޯޑަރު ދިނުމުން، ޕޭމަންޓް ލިންކް ފޯނަށް ލިބި، ފަސޭހައިން ހިދުމަތަށް ފައިސާ ދެއްކުމުގެ އިންތިޒާމެއް އޮންނާނެ އެވެ. މި ހިދުމަތް ގުޅީގައި އިފްތިތާހު ކުރުމާއެކު ކުންފުނީގެ މެނޭޖްމަންޓުން ވަނީ ގުޅީގައި ރަޖިސްޓްރީ ކޮށްފައިވާ ކޮންމެ އުޅަނދަކަށް އެއް ޓަނުގެ ފެން ހިލޭ ދީފަ އެވެ.
މި ހިދުމަތުގައި އޮޑި ދޯނިފަހަރަށް ފެން ވިއްކަމުން ގެންދާނީ ތިން ބޭންޑަކަށް ބަހާލައިގެނެވެ. އެގޮތުން ބޭންޑް A އަށް 10 ރ. އެވެ. ބޭންޑް B އަށް 12.50ރ. އެވެ. އަދި ބޭންޑް C އަށް 13.50ރ. އެވެ. މާލެ އަތޮޅު ގުޅީގެ އިތުރުން އޮޑި ދޯނިފަހަރަށް ފެން ވިއްކުމުގެ ހިދުމަތް މި ވަގުތު ކަރަންޓު ކުންފުނިން ދެމުން ގެންދަނީ އދ. މަހިބަދޫ އާއި ކ. ގާފަރުގަ އެވެ. މިކުންފުނިން ފެނުގެ ހިދުމަތްދޭ އެހެން ރަށްތަކުގައި ވެސް އެ ހިދުމަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވަނީ ފަށާފަ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ކަރަންޓު ކުންފުނި، ސްޓެލްކޯއިން ގުޅީ ބަނދަރަށް ފެން ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ