ތިލަފުށިީގެ ކަރަންޓު ކެޕޭސިޓީ 3.4 މެގަވޮޓަށް އިތުރުކޮށްފި

ސިނާއީ ގިނަ މަސައްކަތްތަކެއް ކުރެވެމުން ދާ ކ. ތިލަފުށިީގެ ކަރަންޓު ކެޕޭސިޓީ 3.4 މެގަވޮޓަށް އިތުރުކޮށްފިއެވެ.
ސްޓެލްކޯއިން ބުނީ، ތިލަފުށީގައި ކަރަންޓުގެ ހިދުމަތް މިހާރަށްވުރެ ބޮޑަށް ދިނުމަށްޓަކައި 800 ކިލޯވޮޓުގެ އާ ޖަނަރޭޓަރެއް ބަހައްޓައި ކަރަންޓު ދޭން ފަށާފައިވާ ކަމަށެވެ.
އެއާއެކު މިހާރު އެރަށުގައި ކަރަންޓު ކެޕޭސިޓީ 3.4 މެގަވޮޓަށް އިތުރުކޮށްފައިވާ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
މީގެ ކުރިން އެރަށުގައި 5 ޖަނަރޭޓަރު ބަހައްޓައިގެން އަންނަނީ ކަރަންޓު ފޯރުކޮށްދެމުންނެވެ.
މިގޮތުން 400 ކިލޯވޮޓުގެ 2 ޖަނަރޭޓަރާއި 1000 ކިލޯވޮޓުގެ ޖަނަރޭޓަރެއްގެ އިތުރަށް 800 ކިލޯވޮޓުގެ ޖަނަރޭޓަރެއް ބޭނުންކޮށްގެން ވަނީ ކަރަންޓުގެ ހިދުމަތް ފޯރުކޯށްދީފައެވެ.
ތިލަފުށީގައި ކަރަންޓު ޑިސްޓްރިބިއުޝަން ނެޓްވޯކުގެ މަސައްކަތްތައް ކުރިއަށް ދާއިރު ސްޓެލްކޯ އިން ދަނީ އެކުންފުނީގެ ބެލުމުގެ ދަށުގައި ހުރި އެހެނިހެން ރަށްރަށުގައިވެސް ކަރަންޓު ނެޓްވޯކްތައް އަޕްގްރޭޑް ކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ