ހުސައިން ރޮޒައިނާ އަށް: ރައީސް ޔާމީން އަށް ކުރީ ހަރާމް ހުކުމެއް ކަން ތިޔަ ދައްކާ ވާހަކަތަކުން އެނގޭ

އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުالله ޔާމީނަށް ކޮށްފައިވަނީ ހަރާމް ހުކުމެއް ކަމަށާއި، އެކަން އެނގެނީ އެމްޑީޕީގެ މެންބަރުން ދައްކާ ވަހަކަތަކުން، ކަމަށް ލ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް (ސެމްބެ) ވިދާޅުވެއްޖެ އެވެ. 
އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެރުވުމަށް މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވަނީ ރައީސް ޔާމީންއަށް ކޮށްފައި ވަނީ ހަރާމް ހުކުމެއް ކަމަށް ބުނާތީ އެކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.
އެގޮތުން ރައީސް ޔާމީން އަށް ކުރި ވަރުގެ ހަލާލު ހުކުމެއް ރާއްޖޭގެ ތާރީހުގައި ވެސް ކޮށްފައި ނުވާ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ. 
Advertisement
ރޮޒޭނާއަށް ރައްދުދެއްވައި ސެމްބެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ޔާމީނަށް ދިވެހިންގެ ކޯޓެއް ކަމަށް ބުނާ ތަނަކުން ކުރީ ސީދާ ހަރާން ހުކުމެއް ކަމަށާއި، އެކަން އެނގެނީ އެމްޑީޕީގެ މެންބަރުން ދައްކާ ވަހަކަތަކުން، ކޯޓު ތެރެއަށް މުޅި ދައުލަތް ވަދެފައިވާ މިންވަރު ދެނެގަނެވޭތީ ކަމަށެވެ.
ވ. އާރަށް މައްސަލައިގައި ރައީސް ޔާމީނުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދެ ދައުވާވެސް ސާބިތުވާ ކަމަށް ކަނޑައަޅައި އެމަނިކުފާނު 11 އަހަރަށް ޖަލަށް ލައި، 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު އެވެ.
ނަމަވެސް އިދިކޮޅު ފަރާތްތަކުން ތަކުރާތުކޮށް ބުނަމުންދަނީ އެއީ އެމަނިކުފާނަށް ނުހައްގުން ކޮށްފައިވާ "ހަރާމް" ހުކުމެއް ކަމަށެވެ. އެކަމާއި ގުޅިގެން ސިލްސިލާކޮށް އިދިކޮޅުން އަންނަނީ މުޒާހަރާވެސް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ