މާލެ ސަރަހައްދުގެ ކުނި ބިލާއި ކަރަންޓު ބިލު އެއްކޮށްލަން ނިންމައިފި

މާލެ ސަރަހައްދުގެ ގޭ ބިސީތަކުން ނަގާ ކުނީގެ ފީ ކަރަންޓު ބިލުގައި ހިމަނަން ނިންމާފައިވާ ކަމަށް އެންވަޔަރަމެންޓު މިނިސްޓްރީން އަންގައިފި އެވެ. 
އެކަމާއި ގުޅޭގޮތުން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެގޮތަށް ނިންމީ ކުނި އުކުމުގެ ފީ ގޭ ބިސީތަކުން ގަވައިދުން ދައްކަމުން ނުދާތީ ކަމަށެވެ. 
މިނިސްޓްރީން ބުނީ ބުނެފައިވާގޮތުގައި މާލެ ސަރަހައްދުގެ ގިނަ ގޭބީސީތަކުން ވެމްކޯއަށް ފީ ނުދައްކަ އެވެ.
Advertisement
އެގޮތުން މާލެ ސަރަހައްދުގައި 53،000 އަށް ވުރެ ގިނަ ގޭބީސީން ކުނި ނަގަން ޖެހޭއިރު، ގަވާއިދުން ފީ ދައްކަނީ އެންމެ 20،000 ގޭބީސީއަކުން ކަމަށް އެ ބަޔާނުގައިވެ އެވެ.
އޭގެ ސަބަބުން ވެމްކޯއަށް ފައިސާގެ ދަތިކަން ކުރިމަތިވެ، ކޮންމެހެން ބޭނުންވާ ސާމާނު ނުހޯދި އަދި އެ ތަކެތި މަރާމާތު ކުރަން ވެސް އެކަށީގެންވާ ފައިސާ ނުލިބޭ ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި ކުނި ނެގުމުގެ ހިދުމަތް ރަނގަޅަށް ދެވޭނީ ގަވާއިދުން ފީ ނަގައިގެން ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
މިނިސްޓްރީން ބުނީ ކުނި ބިލާއި ކަރަންޓު ބިލު އެއްކޮޅުން ކުނީގެ ފީ ނުދައްކާ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ. 
އަންނަ މަހުން ފެށިގެން މި ބަދަލާއި އެއްގޮތަށް ކުނި ބިލާއި ކަރަންޓު ބިލު އެއްކުރެވިގެންދާނެ ކަމަށާއި، އެހެން ނަމަވެސް ކުނީގެ ފީއަށް އެއްވެސް ބަދަލެއް ނާންނާނެކަމަށް މިނިސްޓްރީއިން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ