އޮފީހެއް ފަޅާލައި 7 ލައްކަ ރުފިޔާ ވަގަށް ނަގައިފި

މާލޭގައި އޮފީހެއް ފަޅާލައި 7 ލައްކަ ރުފިޔާ ވަގަށް ނަގައިފި އެވެ.
ފުލުހުން ބުނީ ހެންވޭރު ގެއެއްގެ ފުރަތަމަ ބުރީގައި ހުރި އޮފީހެއް ފަޅާލައި 7 ލައްކަ އަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގި މައްސަލައެއް މި މަހުގެ 23 ވަނަ ދުވަހު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މި މައްސަލައިގެ ތުހުމަތުގައި މާލެ އިން 43 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އަދި އޭނާ ދިރިއުޅުތަން ބަލައި ފާސްކޮށް 5 ލައްކަ އަށް ވުރެ ގިނަ ފައިސާ ފުލުހުން ވަނީ ހޯދައިފަ އެވެ.
މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ