އަތޮޅުތެރެއިން މީހުން ނުގެނެސް ގާސިމަށް އޮތް ތާއީދު ފެނިއްޖެ: ރިޔާޒް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އަށް ދިވެހީންގެ މެދުގައި އޮތް ތާއީދު އަތޮޅު ތެރެއިން މީހުން ނުގެނެސް ވެސް ހާމަވެގެން ހިނގައްޖެ ކަމަށް ގާސިމްގެ ޕޮލިޓިކަލް އެޑްވައިޒަރު އަދި ވިލުފުށީ ދާއިރާގެ ކުރީގެ މެމްބަރު ރިޔާޒް ރަޝީދު ވިދާޅުވެއްޖެއެވެ. ޖޭޕީގެ ރިޔާސީ ޓިކެޓު ގާސިމްއަށް އެރުވުމަށް ރޭ އަލިމަސް ކާނިވަލް ސަރަހައްދުގައި ބޭއްވި ޖަލްސާ ފަށަން ކަނޑައަޅާފައިވާ ވަގުތު ޖެހުނު އިރުވެސް އެ ސަރަހައްދުގައި ޖަހާފައި ހުރި ގިނަ އަދަދެއްގެ ގޮނޑިތައް ހުރީ ނުފުރިއެވެ. ހުސްކޮށް ހުރި ބައެއް ގޮނޑިތައް ނެގުމަށް ފަހު ޖަލްސާ ފަށާފައިވަނީ އެއްގަޑިއިރު ލަހުންނެވެ. އެކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ވަނީ ޖޭޕީއަށް ތާއީދު ނެތްކަމަށް ބުނެ ފާޑު ކިޔާފައެވެ. މި ފާޑުކިޔުންތަކަށް ރައްދު ދެއްވައި، ރިޔާޒް ރަޝީދު ވިދާޅުވީ، އިދިކޮޅުން ތިބީ ހުސްގޮނޑި ގުނަން ކަމަށާއި، ޖަލްސާ ފެށުމުގެ ކުރިން ހުސްގޮނޑީގެ ފޮޓޯނަގައި ޓްވީޓު ކޮށްފައި ވަނީ އެމީހުންގެ ހިތުގައި އުފެދޭ ނަފުރަތާއި ހަސަދަވެރިކަން ބޮޑުކަމުން ކަމަށެވެ. https://twitter.com/riyaz_rasheed/status/1667482986319863809 ޖޭޕީގެ ރިޔާސީ ޓިކެޓް ގާސިމަށް ދޭން ނިންމާފައިވަނީ އެ ކަމަށް އިއުލާނު ކުރުމަށް ފަހު ގާސިމް އެކަނި ކުރިމަތިލެއްވުމުން އެ ޕާޓީގެ ކައުންސިލްގެ އިއްތިފާގުންނެވެ. ރޭގެ ޖަލްސާގައި އެކި ދާއިރާތަކުގެ ތަމްސީލްވުން ދައްކުވައިދޭ ވީޑިއޯ ރިޕޯޓަކަށް ފަހު ގާސިމާ ރިޔާސީ ޓިކެޓް ހަވާލު ކޮށްދެއްވީ ކެލާ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަދި ޖޭޕީގެ ސެކެޓްރީ ޖެނަރަލް އަލީ އާރިފެވެ. މި ޖަލްސާގައި، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ޖޭޕީން ބޭނުންކުރާނެ ސްލޯގަން (ހާސްކަނޑާލާ ހަމަޖެހޭނެ, ގާސިމް 2023) އާއި ލަވަ ވެސް އާންމު ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ