އިންސާނިއްޔަތުކަން އިސްކޮށް، ރައީީސް ޔާމީން ގެއަށް ބަދަލު ކޮށްދިނުމަށް އެދިވަޑައިގެންފި

އިންސާނިއްޔަތުކަން އިސްކުރައްވައި، ރައީސް ޔާމީން ގެއަށް ބަދަލު ކޮށްދިނުމަށް އެމަނިކުފާނުގެ އިސް ޤާނޫނީ ވަކީލު ޑރ.މުޙައްމަދު ޖަމީލު އަޙުމަދު އެދިވަޑައިގެންފިއެވެ.
ޗެނަލް13ގައި ރޭ ވާހަކަ ދައްކަމުން، ރައީސް ޔާމީންގެ ވެރިކަމުގެ ފުރަތަމަ ނައިބު ރައީސް، ޖަމީލު ވަނީ ރައީީސް ޔާމީން ޖަލަށްލާފައިވަނީ ސިޔާސީ ދަޢުވާތަކެއް ކޮށްގެން ކަމަށް ވިދާޅުވެފައެވެ.
އަދި އެމަނިކުފާނަށް ޖަލު ޙުކުމެއް އިއްވެވީ، ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެތީކަން ގިނަ ރައްޔިތުން ޤަބޫލުކުރާނެ ކަމަށާއި، ރަމަޟާން މަހުގެ ފަހު 10ގެ ތެރޭގައި ރައީސް ޔާމީން ގެއަށް ބަދަލުކޮށްދިނުމަށް އާދޭހާއެކު ސަރުކާރުގައި ދަންނަވާ ކަމަށް ވެސް ޖަމީލު ވިދާޅުވިއެވެ.
"މިހެން ހައްދަވާކަށް ނުވާނެ އިނގޭތޯ. އަޅުގަނޑުމެން އެންމެންނަށްވެސް ވެސް އެބަ އިނގޭ މިއީ ސިޔާސީ ދައުވާއެއްކަން، ސިޔާސީ ޙުކުމެއްގައިކަން ހުންނެވީ." ޖަމީލު ވިދާޅުވިއެވެ.
ރައީސް ޔާމީން 11 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ޙުކުމް ކުރީ މިދިޔަ ޑިސެމްބަރު މަހުގެ 25 ގަ އެވެ. މި ޙުކުމް ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު، މައްސަލައިގެ އަޑުއެހުންތައް އަދި ނުފަށައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ