މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕަނީ، އެމްޓީސީސީގެ 'ހުނަވަރު' ޕްރޮގްރާމްގެ ދަށުން މެރިން މެކޭނިކް އެޕްރެންޓިސްޝިޕަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މި ޕްރޮގްރާމްގެ ދަށުން އެމްޓީސީސީގެ އާފްޓަރސޭލްސް ވޯކްޝޮޕްގައި މަސައްކަތް ކުރުމަށް 10 ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.
އެމްޓީސީސީއިން ވިދާޅުވީ މި ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ މެރިން އިންޖީނު މަރާމާތުކުރުމާއި ބެލެހެއްޓުމުގެ ދާއިރާއިން ބޭނުންވާ ފަންނީ ޢިލްމާއި ޢަމަލީ ތަޖުރިބާ ޒުވާނުންނަށް ފޯރުކޮށްދިންކަމަށެވެ. މިގޮތުނ،ް އެމްޓީސީސީގެ އިންޖިނިއަރިންގ އަދި ސަރވިސް އޮޕަރޭޝަންތަކުގެ ތެރޭގައި ޢަމަލީ ގޮތުން މަސައްކަތްކޮށް ދާއިރާގެ ތަޖުރިބާ ހޯދުމުގެ ފުރުޞަތު ބައިވެރިންނަށް ލިބިގެންދާނެކަމަށް ވިދާޅުވިއެވެ. މި ޕްރޮގްރާމުގެ ބައެއްގެ ގޮތުން އެމްޓީސީސީއިން އިންތިޒާމުކުރާ ސ3ީ މެރިން މެކޭނިކް ކޯސް ހުރިހާ ބައިވެރިންވެސް ފުރިހަމަކުރަން ޖެހޭނެއެވެ.
މި އެޕްރެންޓިސްޝިޕަށް ކުރިމަތިލާ ފަރާތަކީ އޯލެވެލް ފެންވަރަށް ތަޢުލީމު ފުރިހަމަކޮށްފައިވާ ފަރާތަކަށް ވާންޖެހޭނެކަމަށާއި ޕްރޮގްރާމަށް ހޮވޭ ބައިވެރިންނަށް އެޕްރެންޓިސްޝިޕްގެ މުއްދަތުގައި މަހަކު 8,000 ރުފިޔާގެ އެލަވަންސެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމަށް ކުރިމަތިލުމުގެ އެންމެ ފަހު ސުންގަޑިއަކީ 22 ޖޫން 2026ކަމަށް ވިދާޅުވިއެވެ.
މިއީ ރާއްޖޭގެ ކަނޑުދަތުރުފަތުރާއި އިންޖިނިއަރިންގ ދާއިރާއިން ފަންނީ ދިވެހިން ބިނާކުރުމަށާއ،ި މި ދާއިރާއިން ކުރިއަށްދާން ބޭނުންވާ ޒުވާނުންނަށް ފުރުޞަތުތައް ފަހިކޮށްދިނުމަށް އެމްޓީސީސީއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
އެމްޓީސީސީގެ އަމާޒަކީ މެރިން ދާއިރާގެ ފަންނީ މީހުން ތަމްރީންކޮށް އުފައްދާ ކުންފުންޏެއް ގޮތުގައި އަބަދުވެސް މަސައްކަތްކުރުންކަމަށް ވިދާޅުވިއެވެ. އަދ،ި މިފަދަ ހުނަރުވެރި މީހުން ބިނާކޮށް މި ދާއިރާ އިތުރަށް ތަރައްޤީކޮށް ފުޅާކޮށްދޭ ކުންފުންޏެއް ގޮތުގައި ދެމިތިބުންކަމަށް އެމްޓީސީސީއިން ވިދާޅުވިއެވެ.
"ހުނަވަރު" ޕްރޮގްރާމްގެ މެރިން މެކޭނިކް އެޕްރެންޓިސްޝިޕަށް ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ