ދިރާގު "ވިން އަ ސްޕީޑް ބޯޓް" ޕްރޮމޯޝަންގެ ގުރު ނެގުން އަންނަ ބުރާސްފަތި ދުވަހުގެ ރޭ 08:00 ޖަހާއިރު ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ހަމަޖެހިއްޖެ އެވެ.
ދިރާގުން ކުރިއަށްދިޔަ ވިން އަ ސްޕީޑް ބޯޓުގެ ދަށުން ގުރުން ހޮވޭ މީހަކަށް ދެނީ އަލް ޝާލީ މެރިން މަޖެލަން 32 ލޯންޗެކެވެ. އެ ލޯންޗު އުފެއްދި އަލްޝާލީ މެރިންއަކީ ބޯޓު އުފެއްދުމުގައި ރާއްޖޭގައި މަގުބޫލު ކުންފުންޏެކެވެ.
އެ ލޯންޗު ދިނުމަށް ހަމަޖެހިފައި ވަނީ 175 ހޯސްޕަވަރުގެ ޔަމަހާގެ ދެ އައުޓްބޯޓް އިންޖަނާ ވެސް އެކުގަ އެވެ. ޔަމަހާއަކީ ރާއްޖޭގައި 50 އަހަރު ދުވަހުގެ ހިދުމަތުގެ ތަޖުރިބާ ލިބިފައިވާ، ދުނިޔޭގެ ނަން މަޝްހޫރު އައުޓްބޯޑް އިންޖީނަށް ހާއްސަ ބްރޭންޑެކެވެ.
ދިރާގުން ބުނީ އެ ޕްރޮމޯޝަނަށް ކަސްޓަމަރުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށާއި އިނާމު ލިބުމުގެ ފުރުސަތު ގިނަ ބަޔަކަށް އޮންނާނެ ކަމަށެވެ.
މީގެ އިތުރުން، ގުރު ނެގުމަށް ބާއްވާ ފޯރިގަދަ އިވެންޓުގައި އެކި ދިވެހި މިއުޒީޝަނުންގެ ލައިވް ހުށަހެޅުންތައް ފެނިގެންދިޔުމުގެ އިތުރުން ގިނަ ރަހަތަށް ހިމެނޭ ފުޑް ސްޓޯލްތައް ވެސް ހުންނާނެ ކަމަށް ދިރާގުން ބުންޏެވެ.
ދިރާގުން ދަނީ ކޮންމެ އަހަރަކު ވެސް އެ ކުންފުނީގެ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަންތައް ކުރިއަށް ގެންގޮސް، ދިރާގުގެ ކަސްޓަމަރުން ޑިޖިޓަލް ރާއްޖޭގައި ކުރިއެރުމަށް އެހީތެރިވަމުންނެވެ. މިގޮތުން މިދިޔަ އަހަރު އެ ކުންފުނިން ކުރިއަށް ގެންދިޔަ ޕްރޮމޯޝަނެއްގައި ނަސީބުވެރިޔަކަށް ޓެސްލާ ކާރެއް ދިނެވެ.
ދިރާގު "ވިން އަ ސްޕީޑް ބޯޓް" ގެ ގުރު ނެގުން ބުރާސްފަތި ދުވަހު ދިރާގު "ވިން އަ ސްޕީޑް ބޯޓް" ގެ ގުރު ނެގުން ބުރާސްފަތި ދުވަހު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ