31 މިލިއަން ޕައުންޑަށް ވުލްވްސްގެ އައިޓް ނޫރީ، ސިޓީއަށް ސޮއިކޮށްފި

އިންގްލިޝް ޕްރިމިއާ ލީގުގެ ވުލްވަހެމްޕްޓަން ވޮންޑަރާސް އަށް ކުޅެމުންދާ އަލްޖީރިއާގެ ޑިފެންޑާ ރަޔަން އައިޓް ނޫރީ މެންޗެސްޓާ ސިޓީއަށް ސޮއިކޮށްފިއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އައިޓް ނޫރީ ސިޓީއަށް ސޮއިކޮށްފައިވަނީ 31 މިލިއަން ޕައުންޑްގެ އަގަކަށެވެ. ސިޓީއާއެކު ސޮއި ކުރި އެއްބަސްވުމުގެ ދަށުން އޭނާ އެ ކްލަބްގައި 2030ގެ ނިޔަލަށް ދެމިހުންނާނެއެވެ. ދެހާސް އެކާވީސްވަނަ އަހަރު ވުލްވްސްއަށް 14.9 މިލިއަން ޕައުންޑްގެ އަގަކަށް ފްރެންޗް ލީގް އާންގެ އެންޖާސްއިން ބަދަލުވި އައިޓް ނުރީވަނީ މިދިޔަ ސީޒަންގައި ވުލްވްސް އަށް 41 މެޗު ކުޅެދީފައެވެ. އަދި ވުލްވްސް ރެލިގޭޝަނުން ސަލާމަތް ކޮށްދިނުމުގައި އޭނާ މުހިންމު ދައުރެއް އަދާކުރިއިރު އޭނާވަނީ ފަސް ލަނޑު ކާމިޔާބުކޮށްދީ ހަތް ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ. މިއީ އާ ސީޒަނާ ކުރިމަތިލާއިރު އެ ޓީމު ދޫކޮށްދާ ފާހަގަ ކޮށްލެވޭ ދެވަނަ ކުޅުންތެރިޔާއެވެ. މެތިއަސް ކޫންޔާ، އަދި މެންޗެސްޓާ ޔުނައިޓެޑަށް ސޮއިކޮށްފައިނުވި ނަމަވެސް އޭނާ ވަނީ ޔުނައިޓެޑަށް 62.5 މިލިއަން ޕައުންޑްގެ އަގަކަށް ދިއުމަށް ޓަކައި ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ވެފައެވެ. އައިޓް ނޫރީ ސިޓީއަށް ސޮއިކުރުމަށްފަހު ވާހަކަ ދައްކަމުން ބުނީ ސިޓީ އަކީ ދުނިޔޭގައި އެންމެ ފާހަގަކޮށްލެވޭ އެންމެ ބޮޑު ޓީމުތަކުގެ ތެރޭގައި ހިމެނޭ އެއް ޓީމު ކަމަށާއި އެ ވަރުގެ ޓީމަކަށް ކުޅުމުގެ ފުރުސަތު ލިބުމުން އެއީ ހުވަފެނެއް ހަގީގަތަކަށްވުން ކަމަށެވެ. އަދި ޕެޕް ގާޑިއޯލާ އާއި އޭނާގެ ކޯޗިން ޓީމުގެ ދަށުން ގިނަ ކަންތައްތަކެއް ދަސްކުރުމަށް ކެތް މަދުވެފައިވުމުގެ އިތުރުން އެ ޓީމުގައި އެ ޓީމުގައި ހިމެނޭ ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިންނާއެކު މަސައްކަތް ކުރުމަށް ވެސް ކެތް މަދުވެފައިވާ ކަމަށެވެ. މި ފަހަރުގެ ސީޒަންގައި ކުރިމަތިލާންޖެހުނު ނާކާމިޔާބީތަކާ ގުޅިގެން ސިޓީއިން އަންނަނީ އާ ސީޒަނަށް ޓީމު ވަރުގަދަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ޓީމުގައި ތިބި ބައެއް ކުޅުންތެރިން ދޫކޮށްލައި، އާ ކުޅުންތެރިން ހޯދުމަށް އެ ޓީމުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ