މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ މުވައްޒަފުންގެ އެތެރޭގެ ކޯޅުން ބޮޑުވެފައި ވަނިކޮށް، އެ އިދާރާގެ އައިޓީ އޮފިސަރު އަހުމަދު ފަޒީލް ވެސް ސަސްޕެންޑުކޮށްފިއެވެ.
ފަޒީލް ސަސްޕެންޑް ކުރީ މެއި 21 ވަނަ ދުވަހުން ފެށިގެން ހަތް ދުވަހުގެ މުއްދަތަށެވެ.
ބްރޯޑްކޮމްގެ ސާވާއެއް މައްސަލަ ޖެހިގެން އެ ކޮމިޝަނުން ވަނީ ފުލުހުންގެ އެހީ ވެސް ހޯދައިފައި ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
“ބްރޮޑްކޮމްގެ ސާވާއަށް ދިމާވި މައްސަލައެއް ހައްލުކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެތަނުގެ އޮފީހަށް، ބްރޮޑްކޮމްގެ ރިކުއެސްޓަކަށް ފުލުހުންގެ ޑިޖިޓަލް ޑާޓާ ޓެކްނީޝަނުން މިއަދު ވަދެފައިވޭ،” ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވެއެވެ.
ބްރޯޑްކޮމްގެ ސާވާ އަށް ދިމާވި މައްސަލަ ހައްލު ކުރަން ފުލުހުން އެ އިދާރާ އަށް ވަނީ އެ ތަނުގެ ސާވާ ނިއްވާލާފައި ހުރުމުން “މަސައްކަތްތަކަށް ހުރަސް އަޅަން” އެެއްވެސް ކަމެއް ގަސްދުގައި ކޮށްފައިވޭތޯ ބެލުމަށް ކަމަށް އެނގިފައި ވެ އެވެ.
މައުލޫމާތު ލިބޭ ގޮތުގައި އެ ކޮމިޝަނުގެ ސާވާއަށް ދިމާވެފައިވާ މައްސަލައާ ގުޅިގެން ފުލުހުން ކުރިއަށްގެންދެވި ތަހުލީލުން ވަނީ ސުވާލު އުފެދޭ ކަންތައްތަކެއް ފާހަގަވެފައެވެ.
ބްރޯޑްކޮމްގެ ސާވާ އަށް ކުއްލިއަކަށް މައްސަލަ ޖެހުނުއިރު، ބްރޯޑްކޮމްގެ މުވައްޒަފުން ވަޒީފާގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް، އެ ތަނުގެ ރައީސާއި މެންބަރުން ހައްދެއް ނެތި ހުރަސް އަޅަމުންދާ ކަމަށް ބުނެ ކޮމިޝަނުގެ އެތެރޭގެ މަސްރަހު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.
މީގެ އިތުރުން މަސައްކަތްތަކަށް ހުރަސް އެޅޭ ގޮތަށް އަމަލު ކުރައްވައި އަދި ނިންމުންތައް ތަންފީޒު ކުރުމުގައި އެއްބާރުލުން ނުދެއްވާ ކަމަށް ބުނެ ބްރޯޑްކޮމްގެ ސެކްރެޓަރީ ޖެނެރަލް މަރިޔަމް ޒީނިޔާ ވެސް މިދިޔަ އަންގާރަ ދުވަހުން ފެށިގެން 3 ދުވަހުގެ މުއްދަތަށް ސަސްޕެންޑުކޮށްފައެވެ. މި މައްސަލަތަކާ އެކު އެ ކޮމިޝަންގެ ގިނަ އަދަދެއްގެ މުވައްޒަފުންތަކެއް ވަނީ މަސައްކަތް ހުއްޓާލާފައި އިއްޔެ ގެ އަށްވެސް ގޮސްފަ އެވެ.
ބްރޯޑްކޮމްގެ އެސްޖީ، 3 ދުވަހަށް ސަސްޕެންޑުކޮށްފި ބްރޯޑްކޮމްގެ ނައިބު ރައީސް ފަޒީންގެ ޖިންސީ ފުރައްސާރައިގެ މައްސަލައެއް ބަލަނީ ބްރޯޑްކޮމްގެ މެމްބަރު ކަމަށް ކުރިމަތިލާން އަލުން ހުޅުވާލައިފި ނޫސްވެރިން އެކްރެޑިޓް ކޮށް ފާސް ދޫކުރަން އުސޫލެއް ހަދައިފި މަގުބޫލ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ