ކުރީގެ މެމްބަރު މުޖުތާޒް ސީއެސްސީއަށް އައްޔަނުކުރަން މަޖިލީހަށް

ސީއެސްސީގެ މެމްބަރުކަމަށް މުޖްތާޒް އައްޔަނުކުރަން ފޮނުވީ، އެ ކޮމިޝަންގެ ނައިބު ރައީސް އިބްރާހިމް ރަޝީދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ހުސްވެފައިވާ މެމްބަރު ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުޖްތާޒް އައްޔަންކުރަން މަޖިލީހަށް ފޮނުވައިފި އެވެ.
ސީއެސްސީގެ މެމްބަރުކަމަށް މުޖްތާޒް އައްޔަނުކުރަން ފޮނުވީ، އެ ކޮމިޝަންގެ ނައިބު ރައީސް އިބްރާހިމް ރަޝީދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. 
ސީއެސްސީގެ މެމްބަރުކަމަށް 17 ވަނަ މަޖިލީހުގައި ހަނިމާދޫ ދާއިރާ ތަމްސީލް ކުރެއްވި މުޖުތާޒްގެ ނަން ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވުމުން، މަޖިލީހުގެ މިއަދު ޖަލްސާގައި ވަނީ އެކަން އިތުރަށް ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވައިފަ އެވެ.
މުޖުތާޒް ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމު އަދާކުރައްވައިފަ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ