އެ ބައްދަލުވުމަށްފަހު، ދެ ގައުމު ގުޅިގެން ނެރުނު ރަސްމީ ބަޔާނުގައި، މަހުގެ ޑިޔުޓީ އާއި މިނިވަން ވިޔަފާރީގެ މަޝްވަރާތައް ކުރެވުނު ކަމެއް ސީދާ ބަޔާންކޮށްފައެއް ނުވެ އެވެ.
ރާއްޖޭން އިނގިރޭސިވިލާތަށް ބޭރުކުރާ މަހުގެ ޑިއުޓީ މުޅިން ކަނޑާލުމަށް ބޭނުންވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ހަދަން ކުރީގެ ސަރުކާރުން ފެށި މަޝްވަރާތަކުގެ ވާހަކަ، މިދިޔަ ހަފުތާގައި ބޭއްވި މޯލްޑިވްސް-ޔޫކޭ ޑަޔަލޮގުގެ ބައްދަލުވުމުގައި ހިމަނާފައި ނުވާކަމުގެ ކަންބޮޑުވުން އެމްޑީޕީން ފާޅުކޮށްފި އެވެ.
އޭރުގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ރައީސް، އަބްދުﷲ ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިނގިރޭސިވިލާތަށް ބޭރުކުރާ މަހުގެ ޑިއުޓީ މުޅިން ކަނޑާލުމަށް ބޭނުންވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ހަދަން އިނގިރޭސިވިލާތާއެކު އެއްބަސްވެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަރުކާރުން މަޝްވަރާތައް ފަށައި، ބާރު ސްޕީޑުގައި ކުރިއަށްދިޔަ ކަމަށެވެ.
މިގޮތުން، އޭރުގެ ސަރުކާރުން ކުރި މަސައްކަތުން އިނގިރޭސިވިލާތަށް ރާއްޖޭން ބޭރުކުރާ މަހަށް ނަގަމުންއައި ޑިއުޓީ 24 ޕަސެންޓުން އިން 20 ޕަސެންޓަށް 2020 ވަނަ އަހަރު ތިރިކުރުމަށްފަހު، އެ ޑިޔުޓީ މުޅީން ކަނޑާލުމަށް ދެ ގައުމުގެ ދެމެދުގައި ފްރީ ޓުރޭޑް އެގްރީމަންޓެއް ކުރުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް ގެންދެވިފައިވާ ކަމަށް ޝާހިދު ވިދާޅުވި އެވެ."...މި ފަހަރުގެ ޑައަލޮގުގައި އެކަން އުނިކޮށްފައިވާ ސަބަބު ސަރުކާރުން ރައްޔިތުންނަށް ހާމަކޮށް ދެއްވުމަށް ގޮވާލަމެވެ،" އޭނާ ވިދާޅުވި އެވެ.
މޯލްޑިވްސް- ޔޫކޭ ޑަޔަލޮގުގެ ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ ބުދަ ދުވަހު އެވެ. އެ ބައްދަލުވުމަށްފަހު، ދެ ގައުމު ގުޅިގެން ނެރުނު ރަސްމީ ބަޔާނުގައި، މަހުގެ ޑިޔުޓީ އާއި މިނިވަން ވިޔަފާރީގެ މަޝްވަރާތައް ކުރެވުނު ކަމެއް ސީދާ ބަޔާންކޮށްފައެއް ނުވެ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ރާއްޖެ-ޔޫކޭ ޑަޔަލޮގުން އެފްޓީއޭ އުނިކުރި ސަބަބު ސާފުކޮށްދޭން އެމްޑީޕީން ގޮވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ