އަންނަ ހުކުރު ދުވަހު ފާހަގަ ކުރާ ބޮޑު އީދުގެ މުނާސަތުގައި މާލޭ ސަރަހައްދުގައި ސަރުކާރުގެ އިދާރާތަކާއި ކުންފުނިތައް ގުޅިގެން ބާއްވާ އީދުގެ ހަރަކާތްތައް ބޭއްވުމަށް ސިފައިން އިސް ނަގައި ފޯރިގަދަ ހަރަކާތްތަކެއް އިންތިޒާމްކޮށްފި އެވެ.
ވީ ކިހިނެއް؟ - 'އީދު ހަވީރު 1446' ގެ ނަމުގައި ބާއްވާ ހަރަކާތްތަކާ ގުޅޭ ގޮތުން އެމްއެންޑީއެފްއިން މިއަދު ވަނީ ބަޔާނެއް ނެރެފަ އެވެ. އެމްއެންޑީއެފްއިން ބުނި ގޮތުގައި މި ހަރަކާތްތަށް ބޭއްވުމަށް ނިންމާފައި ވަނީ ގައުމީ ފެންވަރުގައި އެވެ. އަދި މިއީ ރައީސް މުހައްމަދު މުއިއްޒުގެ އިސްނެގެވުމަށް ބާއްވާ ހަރަކާތެއްކަން ސިފައިން ފާހަގަކުރި އެވެ.
ތަފްސީލު - އެމްއެންޑީއެފްގެ ބަޔާނުގައި ބުނީ:
މާލެ އާއި ހުޅުމާލޭގެ ހަތަރު ސަރަހައްދެއްގައި "އީދުހަވީރު 1446"ގެ ގައުމީ ހަރަކާތްތައް ކުރިއަށްގެންދަން ވަނީ ނިންމާފައި
އަންނަ ހުކުރު ދުވަހުން ފެށިގެން ތިން ދުވަހުގެ މުއްދަތަކަށް ހަވީރު 4އިން 6އަށް އެ ހަރަކާތްތައް ކުރިއަށް ދާނެ؛ އަދި ބައެއް ސްޓޯލްތައް، ރޭގަނޑު 8:30އިން ފެށިގެން ކުރިއަށް ގެެންދާ ގޮތަށް ވަނީ ހަމަޖެހިފައި
"ސަރުކާރު ވުޒާރާތަކާއި ދައުލަތުގެ އެކި މުއައްސަސާތަކާއި ކުންފުނިތަކުގެ ބައިވެރިވުމާ އެކު ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުން އިންތިޒާމްކޮށްގެން ކުރިއަށްގެންދަން ނިންމަވާފައިވާ އީދުގެ ހަރަކާތްތައް އޮންނާނީ، މާލޭގައި ސަލްޓަން ޕާކާއި ޖުމްހޫރީ މައިދާނުގެ އިތުރުން ހުޅުމާލޭގެ ސެންޓްރަލް ޕާކާއި ހުޅުމާލޭ ފޭސް 2ގެ ހިޔާ ޕާކް ސަރަހައްދުގައި،" އެމްއެންޑީއެފްއިން ބުންޏެވެ.
މިކަން އިންތިޒާމްކޮށްފައި ވަނީ ސްޓޯލްތަކުން ވީހާ ވެސް ގިނަ ބަޔަކަށް ބައިވެރިވެވޭނޭ ގޮތަށް އަދި އެކި އުމުރުފުރާގެ ކުދިންނާއި މީހުން ވެސް ޝައުގުވެރިވާނެހެން ތަފާތު ހަރަކާތްތަކާއި ކުޅިވަރުތައް ހިމަނައިގެން ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ. އެގޮތުން:
މި ހަރަކާތްތަކުގައި، ރާއްޖޭގެ އިހުގެ ސަގާފަތާއި އިހުގައި ދިވެހިން ކުޅެއުޅުނު ކުޅިވަރުތައް ސްޓޯލްތަކުން ދައްކާލުމަށް ވަނީ ހަމަޖެހިފައި
ޒަމާނީ ކެރެކްޓާތައް ވެސް ދައްކާލުމަށް ހަމަޖެހިފައިވޭ
އޭގެ އިތުރުން، ސަރުކާރު ވުޒާރާތަކާއި ދައުލަތުގެ އެކި މުއައްސަސާތަކާއި ވިޔަފާރި ކުންފުނިތަކުން ތައްޔާރުކުރާ ސްޓޯލްތަކުގައި ތަފާތު ކުޅިވަރުތައް ބާއްވާނެ
އެ ސްޓޯލްތައް ތައްޔާރުކުރުމަށް ހަމަޖެހިފައިވަނީ އެކި ތީމްތަކަށް، ތަފާތު އެކި ތަޖުރިބާތައް ކުރެވޭނެހެން އަދި ކުޑަކުދިން ގަޔާވާނެ އެކި ކަހަލަ ކަންކަން ހިމަނައިގެން ކަމަށް އެމްއެންޑީއެފުން ބުނި
އީދުހަވީރުގައި ސީދާ އެމްއެންޑީއެފްއިން ކުރިއަށްގެންދާ ހަރަކާތްތަކުގެ ގޮތުގައި ބުނީ:
ސިފައިންގެ ޔުނިފޯމްތަކާއި އޮޕަރޭޝަންތަކުގައި ބޭނުންކުރާ އެކިކަހަލަ ހަތިޔާރުތަކާއި އެއްގަމާއި ކަނޑުމަތީ ބޭނުންކުރާ އެކި އުޅަނދުތައް ދައްކާލުމާއި އެ ތަކެއްޗާ އެކު ފޮޓޯ ނެގުން ހިމެނޭ
އެމްއެންޑީއެފްގެ މިއުޒިކް ބޭންޑުގެ ހުށަހެޅުންތައް ވެސް އޮންނާނެ
އޭގެ އިތުރުން، ފޯމްބާތް ޕޫލަކާއި ފެންކުޅީގެ އެކި ހަރަކާތްތައް އޮންނާނެ
މާލެ-ހުޅުމާލޭގައި ސިފައިން އީދުގެ ފޯރި ގަދަކޮށްލަ ދެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ