މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމާފައިވަނީ، މި އިދާރާތަކުގެ މުސާރަ ކުޑަކުރެވެން އޮތީ ގުޅުން ހުރި ގާނޫނުތަކަށް ބަދަލު ގެނެސްގެން ކަމަށެވެ.
ރާއްޖޭގެ އިގުތިސާދީ ހާލަތާ ގުޅިގެން ދައުލަތުގެ މުއައްސަސާތަކާއި، ޝަރުއީ ދާއިރާ އިސްވެރިން އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރަ ކުޑަކުރެވޭނީ ކަމާގުޅޭ ގާނޫނުތައް އިސްލާހުކޮށްގެން ކަމަށް މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ހަރަދު ކުޑަ ކުރުމުގެ ފިޔަވަޅެއްގެ ގޮތުން ސަރުކާރުން ވަނީ އެ ތިން ދާއިރާގެ ވެރިންގެ މުސާރައިން 10 ޕަސެންޓް ކުޑަކުރަން ނިންމައި އެކަން މަޖިލީހުން ފާސްކުރުމަށްޓަކައި ފޮނުވައިފަ އެވެ.
ނަމަވެސް، އެ މައްސަލަ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމާފައިވަނީ، މި އިދާރާތަކުގެ މުސާރަ ކުޑަކުރެވެން އޮތީ ގުޅުން ހުރި ގާނޫނުތަކަށް ބަދަލު ގެނެސްގެން ކަމަށެވެ.އެއް ގިންތިއެއްގެ މަގާމުތަކުގެ މުސާރަ އެއް ހަމަކުރުމަކީ ކޮމިޓީގެ ޒިންމާއެއް ކަމަށް ވާއިރު، ގާނޫނަށް ބަދަލު ނުގެނެސް މުސާރަ ކުޑަކުރުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށް އެ ކޮމިޓީން ނިންމި އެވެ.
ކޮމިޓީން ނިންމި ގޮތަށް، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކޮށްފައިވަނީ އެކަމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 44 މެމްބަރުންގެ އިއްތިފާގުންނެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އަސާސީ މުސާރައިގެ ގޮތުގައި 12،000ރ. އަށް ވުރެ މަތިން ލިބޭ ސިޔާސީ މުވައްޒަފުންގެ މުސާރައިން 10 ޕަސެންޓު، ކުރިއަށް އޮތް ދެ އަހަރަށް އުނިކުރަން ނިންމައިފަ އެވެ. އެ ނިންމުމަށް މި އަހަރުން ފެށިގެން ދަނީ އަމަލުކުރަމުންނެވެ. މީގެއިތުރުން، ރައީސް މުއިއްޒު ވެސް ވަނީ އެ މަނިކުފާނުގެ މުސާރައިގެ 50 ޕަސެންޓު ނުނަންގަވަން ވެސް ނިންމަވައިފަ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ގާނޫނުތައް އިސްލާހުނުކޮށް މުސާރަ ކުޑަނުކުރެވޭނެ ކަމަށް ފާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ