ވިއްސާރައިގެ ސަބަބުން ރައްޔިތުންނަށް ދިމާވާ ދަތިތައް ކުޑަކުރުމަށާއި ރައްޔިތުންގެ ޙާލު ގާތުން ބަލާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަަަސައްކަތް ސަރުކާރުގެ ކަމާބެހޭ ހުރިހާ އިދާރާތައް ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ރާައްޖޭގެ މޫސުން ގޯހެވެ. ޚާއްސަކޮށް މާލެ ސަރަހައްދަށް މި ދެތީން ދުވަހު މޫސުން ވަރަށް ގޯހެވެ. މިއަދާ މިރޭ ކުރި، ކުރަމުންދާ ވިއްސާރާގައި މާލޭގެ ބޮޑު ސަރަހައްދެއް ގައި ވަނީ ފެން ބޮޑުވެފަ އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ ބޯކޮށް ވާރޭވެހި މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވުމާގުޅިގެން ކަމާބެހޭ މުއައްސަސާތައް ގުޅިގެން ފެންހިންދުމުގެ މަސައްކަތާއި ވެލި ބަސްތާތައް ޖެހުމުގެ މަަަސައްކަތްދަނީ ކުރަމުން ކަމަށެވެ.
Advertisement
އަދި ވިދާޅުވީ ވިއްސާރައިގެ ސަބަބުން ރައްޔިތުންނަށް ދިމާވާ ދަތިތައް ކުޑަކުރުމަށާއި ރައްޔިތުންގެ ޙާލު ގާތުން ބަލާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަަަސައްކަތް ސަރުކާރުގެ ކަމާބެހޭ ހުރިހާ އިދާރާތައް ގުޅިގެން ޚާއްޞަ ސަމާލުކަމަކާއެކު ދަނީ ކުރިއަށް ގެންދަވަމުން ކަމަށެވެ.
ވިއްސާރަވެ ފެންބޮޑުވުމާއި ގުޅިގެން ދަތުރުފަތުރަށް ބުރޫއަރާ އާންމުންނަށް ވަނީ ދަތިވެފަ އެވެ. މަގުތަކުގައި ފެންބޮޑުވެ ބައެއް ގެތަކަށް ވެސް ވަނީ ގެއްލުން ވެފަ އެވެ.
މާލެ ފެނުއަޑީގައި؛ ރައްޔިތުން ހާލު ގާތުން ބަލާ އެހީތެރިކަން ފޯރުކޮށްދޭނެ: ސަރުކާރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ