ބީއެމްއެލް 'ރަން ފުރުސަތު': ވީބީ، ލޮޓަސް އަދި ފަހި ޕްލާޒާ ގުޅިއްޖެ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ 'ރަން ފުރުސަތު' ރޯދަ ޕްރޮމޯޝަނާ ވީބީ، ލޮޓަސް އަދި ފަހި ޕްލާޒާ ގުޅިއްޖެ އެވެ.
ތަފްސީލް - ރޯދައަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދާ މި ޕްރޮމޯޝަނުގައި މި ފިހާރަތަކުން ބީއެމްއެލް ކާޑުން ވިޔަފާރިކޮށްގެން ކޮންމެ ދުވަހަކު ވެސް ހާއްސަ އިނާމެއް ހޯދުމުގެ ފުރުސަތު ލިބޭނެ އެވެ.
މިއަދުން ފެށިގެން އަންނަ މަހު 7ގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަނުގައި:
ކޮންމެ ދުވަހަކު 2،000ޜ.ގެ ބީއެމްއެލް ގިފްޓް ކާޑެއް ހޯދުމުގެ ފުރުސަތު ލިބޭނެ 
މި ފިހާރަތަކުން 300ރ.އަށް ވުރެ މަތިން ކުރާ ކޮންމެ ވިޔަފާރިއަކަށް ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ
އެނގުން މުހިންމު - 'ރަން ފުރުސަތު' ޕްރޮމޯޝަނުގައި ރެޑްވޭވް އަދި އެސްޓީއޯ ޖެނެރަލް ޓްރޭޑިންގެ ފިހާރަތައް ވެސް ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ