މިދިޔަ މަހު ބަންގްލާދޭޝް ދެ މީހަކު ގެއެއްގެ ތެރޭގައި ރަހީނުކުރި މައްސަލާގައި ހިމެނޭ ދިވެއްސަކު، ތަހުގީގަށް ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތް ކަމަށް ބުނެ ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލާފައި ވަނިކޮށް އެ މީހާ ހައްޔަރުކުރަން ހައި ކޯޓުން އިއްޔެ އަމުރުކޮށްފި އެވެ.
ހައި ކޯޓުން މިގޮތަށް އަމުރުކުރީ ހ.ފެހިހިރިގޭ ދެ ވަނަ ފަންގިފިލާގައި ދެ ބިދޭސީއަކު ރަހީނުކޮށްގެން ގެންގުޅު މައްސަލާގައި ހައްޔަރު ކުރި ހއ.ކެލާ އާބާދުގޭ ޝައުކަތު އަބްދުﷲ ބައިވެރިވާ ކަމަށް ތުހުމަތުކުރެވޭތީ އޭނާ ފުލުހުންގެ ތަހުގީގަށް 15 ދުވަހު ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުގައި އެދުުމުން އެފަދަ އަމުރެެއް ނެރެދެވެން ނެތް ކަމަށް ނިންމި މައްސަލަ ދައުލަތުގެ ފަރާތުން އިސްތިއުނާފު ކުރުމުންނެވެ.
ކުރުމުގެ ގާނޫނީ އިހްތިޔާރު އޮންނަ ފަރާތްތަކަށް ލިބިގެންވާކަން އެނގޭ ކަމަށެވެ. އެގޮތުން ބަލާއިރު، ރަހީނުކޮށްފައި ތިބި މީހުން ތިބި ތަނަށް ވަންނަން ޖެހުނު ހާލަތަކީ ކޯޓު އަމުރު ހޯދުން އިސްތިސްނާވާ ހާލަތެއް ކަމަށް ހައި ކޯޓުން ވަނީ ބުނެފަ އެވެ.
ބިދޭސީންތަކެއް ރަހީނުކުރި މައްސަލާގައި ހިމެނޭ މީހަކު ހައްޔަރުކުރަން ހައި ކޯޓުން އަމުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ