އީރާނުގެ އިސް ސިފައިންގެ ވެރިއެއް އަންގާރަ ދުވަހު ހާމަކުރެއްވި ގޮތުގައި އިސްރާއީލަށް ދެމުންދާ ހަމަލާތައް ކުރިއަށް އޮތް ގަޑިތަކުގައި އިތުރަށް ވަރުގަދަކުރާނެއެވެ. މިހާރު ދެ ޤައުމުން ވިދިވިދިގެން ފަސްވަނަ ދުވަހަށް މިސައިލް ހަނގުރާމަ ކުރަމުންދާ ދެމިގެންގޮސްފައިވެއެވެ.
ދުވަހުގެ ކުރީކޮޅު ޓެލް އަވީވް އާއި ޤުދުސްގެ އެކި ސަރަހައްދުތަކުން މިސައިލް ސައިރަންގެ އަޑު އިވުނެވެ. އަދި އޭގެ ފަހުން ބާރުގަދަ ގޮވުމުގެ އަޑުތައްވެސް އިވުނެވެ. އިސްރާއީލުގެ ސިފައިންގެ ފަރާތުން ކަށަވަރުކޮށްދިން ގޮތުގައި އީރާނުން މިސައިލްތައް ދޫކޮށްލާފައިވާ ކަމާއި، އިސްރާއީލުގެ އެއަރ ފޯސްއިން އެ މިސައިލްތައް ދިފާއު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އޭގެ ކުޑައިރުކޮޅެއްގެ ތެރޭގައި، ވަކި ސަރަހައްދުތަކެއްގެ ރައްޔިތުންނަށް ޝެލްޓަރތަކުން ނުކުތުމުގެ ހުއްދަ ދެވުނެވެ. ނަމަވެސް މިސައިލްތަކުގެ ބައިތައް ވެއްޓިފައިވާ ސަރަހައްދުތަކުގައި ކުއްލި ނުރައްކަލުގެ ޓީމުތައް ދެމިތިބިއެވެ. ޓެލް އަވީވް ސަރަހައްދުގައި މާއްދީ ގެއްލުން ލިބިފައިވާ ކަމަށް ރިޕޯޓުކުރެވުނު ނަމަވެސް، މިހާތަނަށް އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމެއް ކަށަވަރުވެފައެއް ނުވެއެވެ.
އީރާނުގެ ޖެނެރަލް ކިއޫމާސް ހައިދަރީ ވިދާޅުވި ގޮތުގައި ޑްރޯން ހަމަލާތަކުން ޓެލް އަވީވް އާއި ހައިފާގެ އަމާޒުތައއ ހަލާކުކޮށްލެވުނެވެ. މި ޑްރޯންތަކަކީ ”ވަރަށް އަމާޒަށް ސީދާ އަދި ފަނާކުރުވަނިވި“ އެއްޗެހި ކަމަށް އޭނާ ސިފަކުރެއްވިއެވެ. އިސްރާއީލުގެ އަލިފާން ނިއްވުމާއި ސަލާމަތްކުރުމުގެ ޚިދުމަތުން ބުނި ގޮތުގައި ޓެލް އަވީވް ވަށައިގެންވާ ސަރަހައްދުގައި މިސައިލަކުން އަލިފާނެއް ރޯވެފައިވެއެވެ.
ބައިނަލްއަޤްވާމީ ފަރާތްތަކުން ހަމަޖެހުމަށް ގޮވާލަމުންދާ މިންވަރު އިތުރުވަމުންދިޔަ ނަމަވެސް، ދެފަރާތުންވެސް މައްސަލަ ކުޑަކުރުމަށް އެއްވެސް ޝައުޤުވެރިކަމެއް ދައްކާފައެއް ނުވެއެވެ. މި ހަނގުރާމަ ފެށުނީ ހުކުރު ދުވަހު އިސްރާއީލުން ކުއްލި ގޮތަކަށް އީރާނުގެ ނިއުކްލިއަރ އަދި ސިފައިންގެ އިންފްރާސްޓްރަކްޗަރއަށް ވައިގެ ހަމަލާތަކެއް ދިނުމުންނެވެ. އޭގެ ސަބަބުން އީރާނުން ބަދަލު ހިފުމުގެ ގޮތުން ހަމަލާތަކެއް ދޭން ފެށިއެވެ.
Your email address will not be published. Required fields are marked *
ހިޔާލު *
ނަން
Δdocument.getElementById( "ak_js_1" ).setAttribute( "value", ( new Date() ).getTime() );
Email: [email protected] | Phone: +960 9770541Address: M. Golden Bones, 3rd Floor, Male‘ Maldives© Copyright 2020, Dhuvas.mv, All Rights Reserved
އީރާނުން ހަމަލާތައް ވަރުގަދަކުރަން ވައުދުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ