ޓޫރިޒަމުން ވަންނަ ބޭރު ފައިސާ ރާއްޖޭގެ ބޭންކުތަކަށް ޖަމާކުރަން ލާޒިމްކޮށްފި

ޓޫރިޒަމް ދާއިރާ އިން ރާއްޖެ އަށް ވަންނަ ހުރިހާ ބޭރު ފައިސާއެއް ރާއްޖޭގެ ބޭންކުތަކަށް ޖަމާކުރަން ލާޒިމްކޮށް، ''ބޭރު ފައިސާ އާއި ބެހޭ ޤަވާޢިދު'' މިއަދު ގެޒެޓް ކޮށްފިއެވެ.
މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ގެޒެޓް ޓޫރިޒަމް ދާއިރާގެ މުދާ ވިއްކާ ފަރާތްތަކާއި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން، ވިއްކާ ނުވަތަ ފޯރުކޮށްދޭ ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތަށް ލިބޭ ބޭރުފައިސާ އެ މަހަށްފަހު ހިނގާ ތިންވަނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިން ރާއްޖޭގެ ބޭންކެއްގައި ހުޅުވާފައިވާ ބޭރު ފައިސާ އެކައުންޓަށް ޓްރާންސަފަރ ކުރަން ނުވަތަ ޖަމާކުރަންވާނެކަމަށް ބަޔާންކޮށްފަވެއެވެ.
ބޭރުފައިސާ ޖަމާކުރުމުގައި އެމެރިކާ ޑޮލަރުގެ އިތުރުން އެމްއެމްއޭއިން ހުއްދަ ދީފައިވާ ބޭރު އެހެން ފައިސާއެއް ވެސް ޖަމާކުރެވިދާނެކަމަށް މި ޤަވާޢިދުގައި ބުނެފަވެއެވެ.
މީގެ އިތުރުން މި ފައިސާ ޖަމާކުރުމަށްފަހު އެކަން އެމްއެމްއޭއަށް އަންގަންޖެހޭނެ ކަމަށް ވެސް ޤަވާޢިދުގައި ބުނެފަވެއެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ