އަލިފުށި ކައިރިން މަސް ހިފަން ފޭބި މީހަކު މަރުވެފައި އޮއްވައި ފެނިއްޖެ

ރ. އަލިފުށި ކަނޑުތޮށި ކައިރިއަށް މަސް ހިފަން މޫދަށް ފޭބި މީހަކު ކަނޑު އަޑީގައި މަރުވެފައި އޮއްވައި މިއަދު ނަގައިފި އެވެ.ގެއްލިގެން ހޯދީ އެ ރަށު ކަޝްމީރުގެ، ނަބީހު ހަސަން އެވެ. އޭނާ ފީނަން އަލިފުށި ކައިރިއަށް ފޭބީ މިއަދު ހެނދުނު 10 ޖަހާކަށް ހާއިރުކަން ވަނީ އެނގިފަ އެވެ. ފުލުހުން ބުނީ މަރުވެފައި އޮއްވާ ފެނިފައިވަނީ އަލިފުށި ކަނޑު ތޮށި ކައިރިން މަސް ހިފަން މޫދަށް ފޭބި 24 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. އެ މީހާގެ ހަށިގަނޑު މުދުން ނަގާ، މިހާރު ސިއްހީ މަރުކަޒަށް ގެންގޮސްފައިވާކަމަށް ފުލުހުން ވަނީ މަޢުލޫމަތު ދިނެވެ.ފީނަން ފޭބި ތިން މީހެއްގެ ތެރެއިން އެކަކު ގެއްލިގެން އުޅޭކަމަށް ފުލުހުންނަށް ރިޕޯޓްކުރީ މެންދުރު 12:08ހާއިރުއެވެ. އޭނާ ގެންލިގެން ހޯދަން ފެށީ މެންދުރު 12:00ހާއިރުއެވެ. ހަށިގަނޑު ފެނުނީ 13:00ހާއިރުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ