މާލޭގެ ގެއެއްގެ ތަޅުންގަނޑުން ބަޔަކާއެކު މީހަކު އުނަގަނޑާ ހަމައަށް ގަނބައިގެންފި އެވެ.
މިއަދު މެންދުރު 1:30 ހާއިރު މި ހާދިސާ ހިނގާފައިވަނީ މ. އޭޑީ ރީޑުގަ އެވެ. ހާދިސާ ހިނގަން މެދުވެރިވީ އެގޭގެ އިރަށް އޮތް ގޯތީގައި އިމާރާތް ކުރުމަށްޓަކައި ކޮނުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، ފަސްގަނޑު ދޫވުމުގެންނެވެ.
ގަނބައިގެން ދިޔަ ގޭގައި ތިން ގޭބިސީއަކަށް މީހުން ދިރިއުޅެ އެވެ. ގަނބައިގެން ދިޔައީ އެ ގޭގައި މީހުން ހިނގަން އޮންނަ ގޯޅިގަނޑުން ބައެކެވެ. އެ ވަޅުގަނޑަށް ވެއްޓުނު މީހާއަށް މާ ބޮޑު އަނިޔާއެއް ލިބިފައެއް ނުވެ އެވެ.
ތަޅުގަނޑު ގަނބައިގެން ދިޔަ، މ. އޭޑީ ރީޑު
"ގަނބައިގެން ދިޔައީ ފަސް ވަރަކަށް ފޫޓުގެ ސަރަހައްދެއް، ނަސީބެއް އުމުރުން ދުވަސްވީ މީހަކު ނުވެއްޓުނުކަން،" އެ ގޭގެ މީހަކު ބުންޏެވެ.
މާލޭގައި އުސް އިމާރާތްތައް އެޅުމަށް ފުންކޮށް ކޮންނަމުންދާ އިރު، ޖެހިގެން ހުންނަ ގެތަކުގައި ރެނދުލުމާއި ބިންގަނޑު ދޫވުމުގެ ސަބަބުން ލިބޭ ގެއްލުންތަކަކީ މިހާރަކަށް އައިސް އާންމުކޮށް ފެންނަ މައްސަލައެކެވެ.
މާލޭގެ ގެއެއްގެ ތަޅުގަނޑުން ބައެއް ގަނބައިގެން ގޮސް މީހަކު ވެއްޓިއްޖެ މާލޭގެ ގެއެއްގެ ތަޅުގަނޑުން ބައެއް ގަނބައިގެން ގޮސް މީހަކު ވެއްޓިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ