ސަމާލުވޭ! ތައިލޭންޑުގައި އުފައްދާ 3 ބޭހެއްގައި ނުރައްކާތެރި ކެމިކަލް

ތައިލޭންޑުން އުފައްދާ 3 ބޭހެއްގައި ނުރައްކާތެރި ކެމިކަލް ހުރިކަން ފާހަގަ ކުރެވިގެން ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، އެމްއެފްޑީއޭއިން އިލްތިމާސްކޮށްފިއެވެ.
އެމްއެފްޑީއޭއިން ކުރި އިއުލާނެއްގައި ބުނީ، ތައިލެންޑުގެ ބޭސް ރެގިއުލޭޓްކުރާ އޮތޯރިޓީއިން ކުރި ތަހުލީލުތަކުން 3 ބޭހެއްގައި ނުރައްކާތެރި ކެމިކަލެއް ހުންނަންޖެހޭ މިންވަރަށްވުރެ އިތުރަށް ހުރިކަމަށް ސައުތް އީސްޓް އޭޝިއާ ރީޖަން ނެޓްވޯކްއިން އެމްއެފްޑީއޭއަށް އަންގާފައިވާކަމަށެވެ.
އެގޮތުން ސަމާލުވާން އެދިފައިވަނީ، ޑައިބެޓިކް މީހުން ބޭނުންކުރާ ބޭހެއްކަމުގައިވާ މެޓްފޯމިން ހައިޑްރޯކްލޮރައިޑް 750 މގ އާއި ރެނިޓިޑން 150 މގ އާއި ވިޓަމިން އޭ – ރެޓިނޯލް 60މގ ގެ ބޭހުގެ ބެޗުތަކާ މެދުގައެވެ.
އެމްއެފްޑީއޭއިން އިތުރަށް ބުނީ، މައްސަލަ ދިމާވެފައިވާ ބްރޭންޑްތަކުގެ ބޭސްތައް ރާއްޖެއަށް ބޭސް އިމްޕޯޓްކުރުމުގެ އެއްވެސް އުސޫލެއްގެ ދަށުން އެތެރެކޮށްފައިނުވާކަމަށެވެ.
އެހެންނަމަވެސް ތައިލެންޑަކީ ދިވެހީން ބޭސްފަރުވާއަށް ގޮސްއުޅޭ ޤައުމަކަށްވެފައި، އަމިއްލަ ބޭނުމަށްވެސް ބައެއް ބޭސް އެތެރެކުރާތީ ތައިލެންޑުން ބޭސް ގަތުމުގައި މިކަމަށް ސަމާލުވުމަށްވަނީ އިލްތިމާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ