ސައުތު އޭޝިއަން ސުޕަރ ކަޕް 2025 ކާމިޔާބުކުރި ދިވެހިރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ސާބަސްދެއްވައިފިއެވެ.
އިއްޔެ ސްރީލަންކާގެ ޓީމާ ދެކޮޅަށް ކުޅުނު މެޗުން އެއްވަރުވި ނަމަވެސް މުބާރާތުގެ ޗެމްޕިއަންކަން ދިވެހިރާއްޖެއަށް ލިބުނީ އެގްރެގޭޓް ނަތީޖާއިން ދިވެހި ގައުމީ ޓީމު ކުރި ހޯދާފައިވާތީއެވެ. ރާއްޖެއިން މި މުބާރާތް ކާމިޔާބުކުރީ ސްރީ ލަންކާއާ ދެކޮޅަށް ކުޅުނު ދެ ލެގުގެ މެޗުތަކުން 4-1 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ. މި މުބާރާތުގެ ފުރަތަމަ ލެގުގައި ދިވެހިރާއްޖެއިން ވަނީ ސްރީ ލަންކާ 3-0 އިން ބަލިކޮށްފައެވެ. އަދި ދެވަނަ ލެގުގެ މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.
މިކާމިޔާބީ ފާހަގަކޮށް އެކްސްގައި ކުރެއްވި ތަހުނިޔާގެ ޕޯސްޓުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ޓީމު ހޯދި ކާމިޔާބީއަށްޓަކައި ފަޚުރުވެރިވެވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.
https://x.com/MMuizzu/status/1965419474317959560
ދިވެހިރާއްޖޭގައި އިހު އޮތް ފުޓުބޯޅައިގެ ރޫހު އާލާކޮށް، ފުޓުބޯޅަ އާއި އެ ނޫންވެސް ކުޅިވަރުތައް ކުރިއެރުވުމަކީ، މި ސަރުކާރުން ވަރަށް ބޮޑު އަހުމިއްޔަތުކަމެއް ދެމުން އަންނައިރު ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ކުޅިވަރާއި ހަށިހެޔޮކަމަށް ބޭނުންވާ ބިނާރު ޤާއިމުކުރެއްވުމުގެ މަސައްކަތް މި ސަރުކާރުން، ކުރަމުން އަންނަކަން ފާހަގަކުރެވެއެވެ.
ސައުތު އޭޝިއަން ސުޕަ ކަޕްގެ ޗެމްޕިއަންކަން ހޯދުމާއެކު، ހަތް އަހަރުގެ ދިގު މުއްދަތަކަށްފަހު ދިވެހި ފުޓުބޯޅައަށް ވަނީ އަނެއްކާވެސް ތައްޓެއް ލިބިފައެވެ.
ބޯޓު ބަނުމުގެ ޞިނާޢަތުގެ ތަޖުރިބާ ހޯއްދެވުމަށް، ޝިޔާމް ޗައިނާގެ މާވެއި ޝިޕްބިލްޑިންގ ކުންފުންޏަށް ޒިޔާރަތްކުރައްވައިފި މިއަދުވެސް މީޑިއާ ބިލުގެ ކޮމިޓީ ބައްދަލުވުން ސިއްރުކޮށް، ނޫސްވެރިން ނެރެފި އަލަށް އުފަންވާ ކުދީންގެ ދުޅަހެޔޮކަމަށްޓަކާ ގުޅިގެން މަސައްކަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ