ޕީއެންއެފް އުފެއްދުމުގެ ޖަލްސާގައ ބައިވެރިވެވަޑައިގަތުމުގެ ހުއްދައަށް ޔާމީން އެދިއްޖެ ރައީސް ޔާމީންގެ އާ ޕާޓީ، ޕީއެންއެފް އުފެއްދުމުގެ ހުއްދަ ދީފި އިގުރާރާ ހިލާފުވަމުންދާ ނަމަ އެއްބަސްވުން އުވާލެކަމުގެ އިންޒާރު، ރައީސް ޔާމީނަށް ދީފި “އެންމެ ފުރަތަމަ ކުރަނ
ދައުލަތުގެ ހަރަދު ކުޑަކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާ ގުޅިގެން، އެއީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށާއި މި ސަރުކާރުން ހަރަދު ކުޑަކުރުމުގެ އެއްވެސް މަސައްކަތެއް ނުކުރާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ. ޕީއެންއެފްގެ ފަރާތުން ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ، ހަރަދު ކުޑަކުރުމުގެ ނަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ދައްކަމުންދާ ވާހަކަތަކަކީ ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށް ދައްކާ ވާހަކަތަކެއް ކަމަށެވެ. އަދި ސަރުކާރުން ހަރަދު ކުޑަކުރުމުގެ އަމަލީ އެއްވެސް މަސައްކަތެއް ނުކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިހާރުގެ ސަރުކާރުން މާލީ ކަންކަން މެނޭޖްކުރާ ގޮތާއި މެދު ފާޑުވިދާޅުވަމުން ޔާމީން ވަނީ، ހަރަދު ކުޑަކުރާ ވާހަކަ ދައްކަނީ ހަމައެކަނި ރައްޔިތުންނަށް އޮޅުވާލުމުގެ ބޭނުމުގައި ކަމަށް ސިފަކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ