ބީއެމްއެލް ޓެނިސް ޗެމްޕިއަންޝިޕް ކާމިޔާބުކަމާ އެކު ނިންމާލައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ނެޝަނަލް ޓެނިސް ޗެމްޕިއަންޝިޕް 2025 ކާމިޔާބުކަމާ އެކު ނިންމާލައިފިއެވެ. ބީއެމްއެލުން ބުނީ، ނުވަ ދުވަހަށް ކުރިއަށްގެންދިޔަ މި މުބާރާތުގައި ނުވަ ކެޓަގަރީއަކަށް ކުޑަކުދިންގެ ޓީމްތަކުން ވާދަކޮށްފައިވާ ކަމަށެވެ. މި މުބާރާތުގައި ޖުމުލަ 138 ކުޅުންތެރިން ބައިވެރިވި ކަމަށް ބީއެމްއެލްއިން މައުލޫމާތުދީފައިވެއެވެ. މި މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވައި ވަނަވަނަ ހާސިލުކުރި ކުޅުންތެރިންނަށް އާދީއްތަ ދުވަހު ވަނީ މެޑަލް ހަވާލުކޮށްފައެވެ. ޓެނިސް މުބާރާތުގެ ތެރެއިން: މުބާރާތް ވަނީ ކާމިޔާބުކަމާ އެކު ނިންމާލާފައި -- ފޮޓޯ/ ބީއެމްއެލް މިއީ ބީއެމްއެލްއާއި ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީއޭއެމް) އިން ޒުވާން ކުޅުންތެރިންގެ ހުނަރު އިތުރުކޮށް މި ކުޅިވަރުގައި ކުރިއަށް ދިޔުމަށް ބޭނުންވާ ތަޖުރިބާ ހޯދައިދިނުމުގެ މަގްސަދުގައި ބާއްވާ މުބާރާތެކެވެ. ބީއެމްއެލްއާއި ޓީއޭއެމް އިން މި މުބާރާތް ބާއްވަން އެއްބަސްވުމެއްގައި ސޮއިކުރީ 2019 ވަނަ އަހަރުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ