ބާސެލޯނާ (އޮކްޓޫބަރު 22) - ސަޕޯޓަރުންނާއި ޓީމުތަކުގެ ޕްރެޝަރާ ހެދި، ސްޕެނިޝް ލީގުގައި ބާސެލޯނާ އާއި ވިޔަރެއާލް ބައްދަލުކުރާ މެޗެއް އެމެރިކާގެ މިއާމީގައި ކުޅެން ނިންމި ނިންމުން ލަލީގާ އިން ކެންސަލްކޮށްފި އެވެ.
ޔޫރަޕްގެ މައި ފުޓްބޯޅަ އިދާރާ، ޔުއެފާ އިން ހުއްދަދީފައިވަނީ، ޑިސެމްބަރު މަހު، ސްޕެނިޝް ލީގުގައި ބާސެލޯނާ އާއި ވިޔަރެއާލް ކުޅޭ މެޗު އެމެރިކާގެ މިއާމީގައި ކުޅޭ ގޮތަށާއި، ފެބްރުއަރީ މަހު، އިޓާލިއަން ލީގުގައި އޭސީ މިލާނާއި ކޯމޯ ބައްދަލުކުރާ މެޗު އޮސްޓްރޭލިއާގެ ޕާތުގައި ކުރިއަށްދާ ގޮތަށެވެ.
އެކަމަކު، ޔުއެފާ އިން ހުއްދަދީފައިވީ ނަމަވެސް، ސްޕެނިޝް ލީގުން މި ވަނީ އެމެރިކާގައި ޑިސެމްބަރު 20 ވަނަ ދުވަހު ބާސެލޯނާ އާއި ވިޔަރެއާލްގެ ލީގު މެޗު ކުޅެން ނިންމި ނިންމުން އަނބުރާ ގެނެސްފަ އެވެ.
ލަލީގާ އިން މި ގޮތަށް ނިންމީ، މި ހަފްތާގައި ލަލީގާގެ މެޗުތަކުގައި އެ ކަމާ ދެކޮޅަށް ޓީމުތަކުން ހަރަކާތެއް ފެށުމުންނެވެ. އެ ގޮތުން، ސްޕެނިޝް ލީގުގެ ގިނަ ޓީމުތައް މެޗު ފަށައިގެން 15 ސިކުންތު ވަންދެން ހަރަކާތްނުކޮށް ހުއްޓިގެން ހުންނަން ނިންމީ، ގައުމުން ބޭރުގައި ލީގު މެޗު ކުޅެން ބޭނުންނުވާކަން އަންގައިދިނުމަށެވެ. އަދި، ސަޕޯޓަރުން އަންނަނީ އޮންލައިން ޕޯލްތައް މެދުވެރިކޮށް އެ ނިންމުމާ ދެކޮޅަށް ޝުއޫރުފާޅުކުރަމުންނެވެ.
މިހާރު އޮތްގޮތުން، ޑިސެމްބަރު 20 ވަނަ ދުވަހު ވިޔަރެއާލުން ބާސެލޯނާއާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ ކުރިން ވެސް ތާވަލުކުރެވުނު ގޮތަށް ވިޔަރެއާލްގެ ދަނޑުގަ އެވެ.
ޕްރެޝަރާ ހެދި ބާސެލޯނާ އާއި ވިޔަރެއާލް މެޗު އެމެރިކާގައި ނުކުޅޭނެ ޕްރެޝަރާ ހެދި ބާސެލޯނާ އާއި ވިޔަރެއާލް މެޗު އެމެރިކާގައި ނުކުޅޭނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ