އެމްއޭސީއެލް ބޯޑުން ރިޔާޒު ވަކިކޮށްފި
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ ބޯޑުން މުހައްމަދު ރިޔާޒު (ލެޓްސް ގޯ ރިޔާޒު) ވަކިކޮށް، ބޯޑަށް ބަދަލުތަކެއް ގެނެސްފި އެވެ.ޕްރައިވަޓައިޒޭޝަން ބޯޑުގެ އޮފިޝަލަކު މިއަދު ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ ކުންފުނީގެ ބޯޑުން މުހައްމަދު ރިޔާޒު (ލެޓްސް ގޯ ރިޔާޒު) މިދިޔަ ހޮނިހިރު ދުވަހު ވަކިކޮށްފައިވާ ކަމަށެވެ. އެހެންވެ، އެ ބޯޑުގައި މި ވަގުތު ތިއްބެވީ ހަ މެމްބަރުންނެވެ.އޭގެ އިތުރުން، އެ ކުންފުނީގެ ބޯޑުގެ ހިންގުން ހަރުދަނާ ކުރުމާއި އޮޑިޓް އަދި ރިސްކް ފަދަ ކޮމިޓީތައް ރަނގަޅަށް ހިނގާ ގޮތް ހެދުމަށް، އެމްއޭސީއެލްގެ ބޯޑުގެ އަދަދު ވެސް 7 އިން 9 އަށް އިތުރުކޮށްފަ އެވެ. އަދި އެ ބޯޑަށް ވަރަށް އަވަހަށް އިތުރު މެމްބަރަކު އައްޔަން ކުރާނެ ކަމަށް އެނގިފައި ވެ އެވެ އެވެ.އެމްއޭސީއެލްގެ ބޯޑުގައި މިހާރު ތިއްބެވީ ޗެއާޕާސަން އައިޝާ ނޫރްއައިން ޖަނާހް އާއި އާއި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދާއި ސަހާ ވަހީދާއި އިބްރާހިމް ސިޔާދު ގާސިމާއި މުހައްމަދު މިހާދު އަދި އިބްރާހިމް މަހުދީ އެވެ.އެމްއޭސީއެލް އަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު ފައިދާއެއް ހޯދާ ކުންފުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ