މި އަހަރުގެ ބޮޑު ބައެއްގައި އެއް ބިލިއަން ރުފިޔާއިން މަތީގައި ހިފަހައްޓަމުން އަންނަ ޖުމްލަ ބަޖެޓު ސާޕްލަސް 200 މިލިއަން ރުފިޔާއަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް ދައުލަތުގެ މާލީ ހިސާބުތަކުން ދައްކައިފި އެވެ.
މަހަކަށްވުރެ ގިނަ ދުވަހު މާލީ ހިސާބުތައް އާންމުކުރުން މެދުކަނޑާލާފައި އޮތުމަށްފަހު ފިނޭންސް މިނިސްޓްރީން ހިސާބުތައް އާންމުކުރީ އިއްޔެ އެވެ. އިއްޔެ އާންމު ކުރީ އޮކްޓޯބަރު 16، އާ ހަމައަށް ދައުލަތަށް ލިބުނު އާމްދަނީ އާއި ކޮށްފައިވާ ހަރަދުތަކުގެ ތަފުސީލެެވެ.
އެ ހިސާބުތަކުން ދައްކާ ގޮތުން އެ ތާރީހާ ހަމައަށް ދައުލަތަށް ލިބިފައިވަނީ 30.7 ބިލިއަން ރުފިޔާގެ އާމްދަނީއެކެވެ. އެ މުއްދަތުގައި ދައުލަތުން އެކި ކަންކަމަށް 30.5 ބިލިއަން ރުފިޔާގެ ހަރަދު ކޮށްފައިވެ އެވެ. މި ހަރަދުތަކާއެކު މީގެ މަސްތަކެއް ކުރިން ބިލިއަނުން މަތީގައި ހުރި ބަޖެޓު ސާޕްލަސް ވަނީ 187 މިލިއަން ރުފިޔާއަށް ދަށްވެފަ އެވެ.
މީގެ ތިން މަސް ކުރިން ޖުމްލަ ބަޖެޓު ސާޕްލަސް ހުރީ 628 މިލިއަން ރުފިޔާގަ އެވެ. އޭގެ ފަހުން ދަށަށް ދަމުން ގޮސް، ކުރިއަށް އޮތް މަސް ދުވަހުގެ ތެރޭގައި ބަޖެޓުގެ ސާޕްލަސް އެކީހެން ނެތިގޮސް ދަރަނި ވާނެ ކަމަށް ބެލެވެ އެވެ.
ފިނޭންސުގެ ހިސާބުތައް ދައްކާ ގޮތުން މި އަހަރަށް ހަރަދުކުރަން ފާސްކުރި 49 ބިލިއަން ރުފިޔާގެ ބަޖެޓުން މިހާތަނަށް ހަރަދުކުރި 30.5 ބިލިއަން ރުފިޔާގެ ތެރެއިން 87 ޕަސެންޓަކީ ރިކަރަންޓު ހަރަދެވެ. ކެޕިޓަލް ހަރަދުގެ ގޮތުގައި ކޮށްފައިވަނީ ބަޖެޓުގެ އެންމެ 13 ޕަސެންޓެވެ.
މި ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ބަޖެޓު ސާޕްލަސްކޮށް ގިނަ ދުވަހު ހިފަހައްޓާފައިވަނީ ތަރައްގީގެ މަޝްރޫއުތަކަށް ހަރަދުކުރަން ބަޖެޓުކޮށްފައި ހުރި ފައިސާ ހަރަދުނުކުރާތީ އެވެ.
މަހެއް ފަހުން މާލީ ހިސާބުތައް އާންމުކުރިއިރު ބަޖެޓު ސާޕްލަސް 200 މިލިއަން ރުފިޔާއަށްވުރެ ދަށަށް ގޮސްފި މަހެއް ފަހުން މާލީ ހިސާބުތައް އާންމުކުރިއިރު ބަޖެޓު ސާޕްލަސް 200 މިލިއަން ރުފިޔާއަށްވުރެ ދަށަށް ގޮސްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ