މީރާ އަށް ޓެކްސް ނުދައްކާ އަދި ބަޔާން ހުށަހަޅާފައި ނުވާ ކުންފުނިތަކުގެ ނަން އާންމުކޮށްފި

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ޓެކްސް ނުދައްކާ ކުންފުނިތަކާއި ޓެކްސް ބަޔާން ހުށަހަޅާފައި ނުވާ 213 ކުންފުންޏެއްގެ ނަން އާންމުކޮށްފި އެވެ.
މީރާ އިން މި ނަންތައް ހާމަކުރަނީ ޓެކްސް ފައިސާ ނުދައްކާ އަދި ޓެކްސް ބަޔާން ހުށަހަޅާފައި ނުވާ މީހުންގެ ނަން ހާމަކުރަން އެކުލަވާލާފައި އޮންނަ އުސޫލުގެ ތެރެއިން މީރާއަށް ލިބޭ ބާރުގެ ދަށުންނެވެ.
އާންމުކޮށްފައިވާ ލިސްޓްގައި 34 ކުންފުންޏެއްގެ ނަން ހިމަނާފައިވަނީ ޓެކްސް ނުދައްކައިގެންނެވެ. ޓެކްސް ބަޔާން ހުށަހަޅާފައި ނުވާތީ ހާމަކޮށްފައިވަނީ
179 ކުންފުންޏެއްގެ ނަމެވެ.
މީރާ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ޓެކްސް އާއި ކުލީގެ ގޮތުގައި ދައުލަތަށް ނުލިބި 7.5 ބިލިއަން ރުފިޔާ އެބަ ހުއްޓެވެ.
މީރާއިން ބުނާ ގޮތުގައި މި ލިސްޓުގައި ހިމަނާފައިވާ ފަރާތްތަކުގެ ތެރެއިން ފައިސާ ދައްކާ ހަލާސްކޮށް އަދި ބަޔާން ހުށަހަޅާ ފަރާތްތަކުގެ ނަން މި ލިސްޓުން ނެގޭނެ އެވެ. އަދި ހާމަކޮށްފައިވާ މުއްދަތުގައި އެފަރާތްތަކުން ދައްކަން ޖެހޭ އަދަދު އެއްފަހަރާ ދައްކާ ހަލާސް ނުކުރެވޭނަމަ މީރާއިން ހަމަޖައްސާ އިންސްޓޯލްމަންޓް ޕްލޭނެއްގެ ދަށުން އެ އަދަދު ބަހައިލައިގެން ދެއްކޭނެ ގޮތްތައްވެސް މީރާ އިން ހަމަޖައްސައިދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ