ކުޑަކުދިން ދުވަސް ފާހަގަ ކުރަން އުފާ ފެސްޓިވަލް މިއަދު ހަވީރު ފަށަނީ

މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި އުރީދު އާއި ސޯޝަލް އެންޑް ފެމެލީ ޑިވެލޮޕްމަންޓް މިނިސްޓްރީ އަދި އެޗްޑީސީ ގުޅިގެން ބާއްވާ "އުފާ ފެސްޓިވަލް" މިއަދު އޮންނާނެ އެވެ.ފެމިލީ މިނިސްޓްރީ އާއި އުރީދޫ މޯލްޑިވްސް އެޗްޑީސީ ގުޅިގެން ބާއްވާ ފެސްޓިވަލް ކުރިއަށް ދާނީ މިއަދާއި މާދަމާ ހުޅުމާލޭ ސެންޓްރަލް ޕާކްގަ އެވެ. އެގޮތުން "އުފާ ފެސްޓިވަލް" ކުރިއަށްދާނީ ދެ ދުވަހުގެ ހަވީރު 4:00 އިން 6:00 އަދި އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށެވެ.ކުޑަކުދިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމުގެ މަގުސަދުގައި ބާއްވާ މި ފެސްޓިވަލަކީ އާއިލާއާއެކު ވަގުތު ހޭދަކޮށްލާ، މަޖާ ކުރެވޭގޮތަށް ރާވާފައިވާ ފެސްޓިވަލެކެވެ. ފެސްޓިވަލުގައި މުނިފޫހިފިލުވުގެ ގިނަ ހަރަކާތްތަކާއި އެކި ގޭމުތަކާއި ކުޅިވަރު ހިމެނޭ ގިނަ ސްޓޯލްތަކެއް ހިމެނޭނެ އެވެ.ފެސްޓިވަލުގައި މާދަމާ ރޭ 8 ޖަހާއިރު މޫވީ ނައިޓެއް ވެސް އުރީދޫން ވަނީ ރާވައިފަ އެވެ. މި މޫވީ ނައިޓުގައި ދެއްކުމަށް ހަމަޖެހިފައިވަނީ "ވުޑީ ވުޑްޕެކަ ގޯޒް ޓު ކޭމްޕް" ފިލްމެވެ.އުރީދޫން ބުނީ، ފެސްޓިވަލުގެ މަގުސަދަކީ ކުޑަކުދިންގެ ދުވަހުގެ ފޯރި އިތުރަށް ގަދަކޮށް، އެ ދުވަހު ކުދިންނަށް ތަފާތު މަޖާ ތަޖުރިބާއެއް ހޯދައިދިނުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ